އިޒްރާއިލްއިން މެޑްލީން އަށް އަރައިގަނެ، އޭގައި  ތިބި 12 ވޮލަންޓިއަރުން ކިޑްނެޕްކޮށްފި
މެޑްލީން އިން އެންމެ ފަހުން ލިބުނު ފޮޓޯ. ޓެލެގްރާމް ގްރޫޕް މެޑްލީން

އިޒްރާއިލްއިން މެޑްލީން އަށް އަރައިގަނެ، އޭގައި ތިބި 12 ވޮލަންޓިއަރުން ކިޑްނެޕްކޮށްފި

4 hours ago - 06:45
Jun 9, 2025 - 06:49

ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދުން އިޒްރާއިލްއިން 'މެޑްލީން' އަށް އަރައިގަނެ، އެއިން ދަތުރުކުރަމުންދިޔަ 12 ވޮލަންޓިއަރުން ކިޑްނެޕްކޮށްފިއެވެ. 

މެޑްލީން އަކީ އިޒްރާއިލްއިން އެއްގަމާއި ކަނޑު އަދި ވައިގެ މަގުން ޣައްޒާ 18 އަހަރުވަންދެން ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް ޣައްޒާއަށް އިންސާނީ އެހީ ހިފައިގެން ކަނޑުމަގުން ދަތުރު ކުރަމުންދާ ފްރީޑަމް ފްލޮޓީލާ ކޯލިޝަންގެ ބޯޓެކެވެ.

ބޯޓުން ދަތުރުކުރި ބައިވެރިންގެ ތެރޭގައި ހިމެނެނީ ސްވިޑެންގެ މަޝްހޫރު ތިމާވެށި އެކްޓިވިސްޓް ގްރޭޓާ ތަމްބާގް, ފްރާންސްގެ ޤާނޫނު ހަދާ މަޖިލީހުގެ ފަލަޞްޠީނު ދަރިކޮޅުގެ ރިމާ ޙަސަން, އަދި އިންސާނި ޙައްގުތައް ދިފާއުކުރާ އިތުރު 5 ގައުމެއްގެ ބައިވެެރިންނެވެ.

އޭގެ ތެރޭގައި ފްރާންސްގެ ރައްޔިތެއް ކަމަށްވާ ބަޕިސްޓާ އަންދްރޭ, ރެވާ ވިއާދް, އޮމާރް ފައިއަދް, ޔާނިސް ހަމްދީ އަދި ޕަސްކަލް މައުރިއޭރަސް ހިމެނެއެވެ. މީގެ އިތުރުން ބްރެޒިލްގެ ތިއާގޯ އަވީލާ, ޖަރުމަނުގެ ޔާސްމީން އަޖަރް, ނެދަލެންޑްސްގެ މާކް ވެން ރެނެސް, ސްޕެއިންގެ ސާޖިއޯ ޓޮރީބިއޯ އާއި ތުރުކީގެ ސޮއައިބް އޮރްދޫ ހިމެނެއެވެ.

Advertisement
Advertisement

މެޑްލީން އިން ދަތުރުކުރި ބައިވެރިން އަދިތިބީ ބޯޓްގައެވެ. ނަމަވެސް ޔަހޫދީ ސިފައިންގެ ފުރިހަމަ ބާރާއި ކޮންޓްރޯލްގެ ދަށުގައެވެ. ގަޑިއިރުތަކެއްވަންދެން ޑްރޯންތައް މަތިން އުދުހުމަށްފަހު އިިޒްރާއިލްއިންވަނީ މެޑްލީން އަށް ހުދުކުލައި ފުށް ހެން ހުރި އެއްޗެއްވެސް މަތިން އޮއްސާފައެވެ. 

އަދި ބޯޓް ހުއްޓުވާ, ބައިވެރިންގެ ބޮލުގައި ބަޑި ޖައްސުވާ އެމީހުން އިޒްރާއިލްގެ ޔަހޫދީ ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައެވެ. 

މެޑްލީންގެ ބައިވެރިން ދޫކޮށްލުމަށް ޤައުމުތަކުގެ ވެރިންނަށް ޕްރެޝަރ ކުރުމުގެ ކެމްޕެއިން އެއް މިހާރު ފަށާފައިވާއިރު, ފްރާންސްގެ ވެރިރަށް ޕެރިހުގައި އާންމުން އެއްވެ ދަނީ މެޑްލީންގެ ބައިވެެރިން ދޫކޮށްލުމަށް ގޮވާލާ މުޒާހަރާ ކުރަމުންނެވެ. މެޑްލީގައި ފްރާންސްގެ 6 ބައިވެރިން އެބަތިއްބެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow