
ހަމަލާތައް މެދުކަނޑާލަން ވެފައިވާ އެއްބަސްވުމާ ޚިލާފްވެ އިޒްރާއިލްއިން ޣައްޒާގެ ރައްޔިތުންގެ ގަޔަށް ބަޑިޖަހައިފި
އިޒްރާއިލްއިން ޣައްޒާގެ ރައްޔިތުން އެއްވެފައި ތިބި ތަނަކަށް ބަޑިޖަހާ އެކަކު ޝަހީދުކޮށްލައިފިއެވެ. ހަމަލާތައް ހުއްޓާލަން ވެފައިވާ އެއްބަސްވުމަށް ރަސްމީކޮށް އަމަލުކުރަންފެށިފަހުން އިޒްރާއިލްގެ ޣައްޒާގެ ރައްޔިތަކު މަރާލިކަން ކަން އަލްޖަޒީރާއިން ވަނީ ކަށަވަރުކޮށްދީފައެވެ. އިޒްރާއިލް އަސްކަރިއްޔާގެ މި އަމަލު އަލްޖަޒީރާގެ ރިޕޯޓަރު މަރަމް ހުމައިދު ވަނީ އޭނާގެ ކެމެރާއަށް ރެކޯޑް ކޮށްފައެވެ.
ހަނގުރާމައަށް 15 މަސްދުވަސްވެފައިވާއިރު ވިއްސިވިހާލި ވެފައިވާ އެތައްހާސް ބަޔަކު ރޭ ދިޔައީ އުތުރު ޣައްޒާއަށް ދިއުމަށް ފައިމަގުގައި ދަތުރުކުރަމުންނެވެ. ބެލެވޭ ގޮތުގައި އުތުރު ޣައްޒާގެ 650,000 ރައްޔިތުން ޣައްޒާގެ އެކި ހިސާބުތަކުގައި ވިއްސި ވިހާލިވެފައި އެބަތިއްބެވެ.
އިޒްރާއިލްގެ އަސްކަރިއްޔާއިން ބަޑިޖަހާފައިވަނީ ނެޓްރިޒަމް ކޮރިޑޯ ހުރަސްކުރަން އެސަރަހައްދަށް އެއްވެފައި ތިބި އާންމުންގެ ތެރެއަށެވެ. އިޒްރާއިލްއިން ވަނީ ޣައްޒާގެ ރައްޔިތުން އެނބުރި އުތުރު ޣައްޒާއަށް ދިއުމަށް ހުއްދަ ދެވެން ނެތްކަމަށް އަންގާފައެވެ.
ހޮނިހިރު ދުވަހު މިނިވަންކުރުމަށް ހަމަޖެހިފައިވާ އަސީރުންގެ ތެރޭގައި އިޒްރާއިލްގެ އާންމު ރައްޔިތެއް ކަމަށްވާ އާބެލް ޔެހޫދް ހިމެނިފައި ނުވުމުން އިޒްރާއިލް އިންވަނީ ހަމާސްއިން އެއްބަސްވުމާ ޚިލާފްވިކަމަށް ބުނެ އެކަން ޙައްލުވަންދެން އުތުރު ޣައްޒާއަށް ޣައްޒާގެ ރައްޔިތުންނަށް ނޭރޭނެ ކަމށް ބުނެފައެވެ.
އިޒްރާއިލްގެ ސިފައިން ފަލަޞްޠީނުގެ އާންމުންގެ ތެރެއަށް ބަޑިޖަހާފައިވަނީ ނަތަންޔާހޫގެ އަމުރު ތަންފީޒުކުރުމުގެ ގޮތުންނެވެ.
ހަމާސްއިން ހޮނިހިރު ދުވަހު މިނިވަންކޮށްފައިވަނީ އިޒްރާއިލް އަސްކަރިއްޔާ ހަތަރު އަންހެން އޮފިސަރުންނެވެ. ހަމާސްއިންވަނީ އާބެލް ގަދަވެ ސަލާމަތުން ހުރިކަމަށާއި ދެން އެންމެ އަވަހަށް މިނިވަންކުރާ ރަހީނުންގެ ތެރޭގައި އޭނާ ހިމެނޭނެކަން އިޒްރާއިލްއަށް ކަށަވަރުކޮށްދީފައެވެ.
ޣައްޒާގެ އެތައްހާސް ރައްޔިތުންނެއް އެމީހުންގެ ފޮށިތަންމަތި ބަނދެގެން އަތިރިއާ ވީ މަގުން އުތުރު ޣައްޒާއަށް ވަނުމަށް ކުރި ދަތުރަށް އިޒްރާއިލްގެ ޓޭންކަރުތަކުން ވެސް ވަނީ ހުރަސްއަޅާފައެވެ. މަންޒަރު ދުށް މީހުންނާ ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވާ ގޮތުގައި އިޒްރާއިލް ސިފައިން މީހުންތަކުގެ ތެރެއަށް ބަޑިޖަހަން ފެށުމުން އެމީހުންނަށް ކުއްލި ސިހުމެއްލިބި ސަލާމާތް ހޯދުމަށް ކޮޅުކޮޅަށް ދުވަންފެށިއެވެ.
އުތުރު ޣައްޒާއަށް ދިއުމަށް އޭނާގެ ސާމާނު ހިފައިގެން ނެޓްޒަރިމް ކޮރިޑޯ އާ ދުރުނޫން ހިސާބެއްގައޮ ހުރި 26 އަހަރުގެ ޒަކީ ކަޝެފް ބުނީ އޭނާ އެނބުރި ނުދާނެކަމުގައެވެ. މެދުތެރޭ ޣައްޒާގައި އަހަރަކަށް ވުރެ ގިންދުވަސްވަންދެން ދިރިއުޅެމުން ދިޔަ ޒަކީ ރޮއިޓާސްއަށް ވަނީ އިޒްރާއިލްއިން އެއްބަސްވުމާ ޙިލާފްވާއިރު އެއްބަސްވުމުގެ މެދުވެރިން ކޮބައިތޯ ސުވާލުކޮށްފައެވެ.
ރިއެކްޝަންސް






