
އަންހެން ފުޓްބޯޅައިގެ ދުނިޔޭގެ ރެކޯޑް ފީއަކަށް ނައޯމީ ޖިރްމާ ޗެލްސީއަށް
ޗެލްސީގެ އަންހެން ޓީމަށް އެމެރިކާގެ ޑިފެންޑަރު ނައޯމީ ޖިރްމާ ސޮއިކޮށްފިއެވެ. ސެންޑިއެގޯ ވޭވް އިން ޗެލްސީއަށް ބަދަލުވެފައިވާ ނައޯމީ ޖިރްމާ ބަދަލުވެފައިވަނީ އަންހެން ފުޓްބޯޅާއިގެ ދުނިޔޭގެ ރެކޯޑް ފީއަކަށެވެ.
ޖިރްމާގެ ޗެލްސީ އަށް ބަދަލުވީ ކަމަށް ބެލެވެނީ ޖުމްލަ 900,000 ޔޫރޯ (1.1 މިލިއަން އެމެރިކާ ޑޮލަރު)ގެ ފީއަކަށެވެ. މީގެ ކުރިން މި އެންމެ ބޮޑު އަގަކަށް ކްލަބް ބަދަލުކޮށްފައިވަނީ ރަޝޭލް ކުންދަނާންޖީއެވެ. ބޭ އެފްސީން އޭނާ 2024 ފެބުރުއަރީ މަހު ހޯދާފައިވަނީ 685,000 ޔޫރޯ (718,976 އެމެރިކާ ޑޮލަރު) އަށެވެ.
އާދިއްތަދުވަހު އަންހެން ސުޕަލީގު ޗެމްޕިއަން, ޗެލްސީން ވަނީ އެމީހުންގެ އަގުބޮޑުކުޅުންތެރިޔާ, 24 އަހަރުގެ ޖިރޯމާ ސްޓެމްފޯޑް ބްރިޖްގައި ތަޢާރަފްކޮށްފައެވެ.
"އަހަރެން މިހުރީ ވަރަށް އުފަލުން, އެހާމެ އެގްޒައިޓް ވެފަ. އަދިވެސް ހިއެއްނުވޭ މީ އަސްލެއް ހެނެއް. ޗެލްސީއަށް އަންނަން އަހަރެން ބޭނުންވި އެތައް ސަބަބެއް އެބަހުރި. ކްލަބްގެ ސަގާފަތާއި މޮޅުވުމަށް ވިސްނާގޮތް, އަދި ކުޅުންތެރިންނާ ކޯޗިން ސްޓާފްވެސް. މިއީ ދަސްކޮށް ނަފްސް ތަރައްގީކުރަން އެންމެ ރަނގަޅު މާހައުލު" ޗެލްސީގެ ވެބްސައިޓަށް ޖިރޯމާ ބުނެފައި ވެއެވެ.
މިއީ ޖެނުއަރީ ޓްރާބްސްފަރ ވިންޑޯގައި ޗެލްސީން އެ ކްލަބަށް ގެނައި ފުރަތަމަ ކުޅުންތެރިޔާއެވެ.
ޖިރްމާ ވަނީ ފާއިތުވިއަހަރު ފެރިހުގައި އޮތް އޮލިމްފިކްސްގައި އެމެރިކާގެ ޓީމަށް ކާމިޔާބީ ހޯދުމަށް ކުޅުނު ހުރިހާ މެއްގައި ފުލްކޮށް ކުޅެފައެވެ. އެމެރިކާގެ 2023 ވަނަ އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަޤާމް ހޯދާފައިވަނީވެސް އޭނާއެވެ.
ރިއެކްޝަންސް






