ލަލީގާ: ބާސެލޯނާއަށް މޮޅުނުވެވުމުގެ ފައިދާ ނަގާ ރެއާލުން ޕޮއިންޓްގެ ފަރަގު ކުޑަކޮށްފި
މެޗަށްފަހު ރެއާލްގެ ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: ލަލީގާ

ލަލީގާ: ބާސެލޯނާއަށް މޮޅުނުވެވުމުގެ ފައިދާ ނަގާ ރެއާލުން ޕޮއިންޓްގެ ފަރަގު ކުޑަކޮށްފި

10 days ago - 09:25
Dec 8, 2024 - 09:29

ސްޕެނިޝް ލަލީގާގައިގައި ރެއާލް މެޑްރިޑުން 3-0 ން ޖިރޯނާގެ މައްޗަށް ކުރި ހޯދައިފިއެވެ. ރެއާލްގެ މެޗު ފެށުމުގެ ކުރިން ތާވަލްގެ އެއްވަނައިގައި އޮތް ބާސެލޯނާއިން ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗު ވަނީ 2-2 ން އެއްވަރުވެފައެވެ. 

މެޗުގެ 36 ވަނަ މިނިޓްގައި ރެއާލްގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި މިޑްފީލްޑަރ ޖޫޑް ބެލިންގހަމްއެވެ. ބެލިންގހަމް ވަނީ ރެއާލްއަށް ލީޑު ފުޅާކޮށްދިނުމުގައި ވެސް އެހީތެރިވެދީފައެވެ. ދެވަނަ ގޯލް މެޗުގެ 55 ވަނަ މިނިޓްގައި ކާމިޔާބުކުރީ ތުރުކީގެ ޒުވާން ކުޅުންތެރިޔާ އަރްދާ ގުލާއެވެ.

މެޗުގައި ރެއާލްގެ ތިންވަނަ ގޯލް ކާމިޔާބު ކޮށްދިނީ ކެޕްޓަން ލޫކާ މޮޑްރިޗް ދިން ޕާހެއްގައި ކީލިއަން އެމްބާޕޭ އެވެ. މިއީ އޭނާ ލަލީގާގައި ކާމިޔާބުކުރި ނުވަވަނަ ގޯލެވެ. އަދި މިއީ އެމްބާޕޭގެ 200 ވަނަ ލީގު ގޯލެވެ. މީގެ ކުރިން އެމްބާޕޭ ވަނީ މޮނާކޯއަށް 16 ގޯލް އަދި ޕީއެސްޖީ އަށް 175 ގޯލް ކާމިޔާބުކޮށްދީފައެވެ.

މި ނަތީޖާއާ އާކު ކާލޯ އަންޗޮލޮޓީގެ އިރުޝާދުގެ ދަށުން ރެއާލް މެޑްރިޑުން ވަނީ ލީގު ތާވަލްގެ ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފައެވެ. ބާސެލޯނާ ތާވަލްގެ ކުރީގައި 38 ޕޮއިންޓާއެކު އޮތް އިރު ފަހަތުން ރެއާލް ދެވަނައިގައި އޮތީ 36 ޕޮއިންޓާއެކުއެވެ.

Advertisement
Advertisement

ރެއާލް ބެޓިސް އަތުން އެއްވަރުވި މެޗުގައި ލީޑު ނެގީވެސް ބާސެލޯނާއިންނެވެ. ހޫލްސް ކޫންޑޭ ތަނަވަސްކޮށްދިން ފުރުޞަތުގައި ފުރަތަމަ ގޯލް ކާމިޔާބުކުރީ މި ސީޒަންގައި ބާސެލޯނާއަށް ގިނަ ގޯލަތަކެއް ކާމިޔާބުކޮށްދެމުން އަންނަ ރޮބަރޓް ލެވަންޑޮސްކީއެވެ. 39 ވަނަ މިނިޓްގައި ބާސެލޯނާގެ ގޯލާއެކު ފުރަތަމަ ހާފު ނިމުނީ 1-0 ން ބާސާ ކުރިގައި އޮވެއެވެ.

ރެއާލް ބެޓިސް އިން ނަތީޖާ އެއްވަރުކުރީ އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ޖިއޮވާނީ ލޮ ސެލްސޯއެވެ. ނަމަވެސް 82 ވަނަ މިނިޓްގައި ބާސާއިން އަނެއްކާވެސް ވަނީ ލީޑު ނަގާފައެވެ. ބާސެލޯނާގެ ދެވަނަ ގޯލް ފެރަން ޓޮރޭސް ކާމިޔާބުކޮށްދިން އިރު ގޯލްޖެހުމުގައި އޭނާއަށް އެހީތެރިވީ ޒުވާންކުޅުންތެރިޔާ ލަމީން ޔަމާލް އެވެ.

މެޗުގައި ރެއާލް ބެޓިސް އަށް ނަތީޖާ އެއްވަރުކޮށްދިނީ އަސާން ޑިއާއޯއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ހަތަރުވަނަ މިނިޓްގައި ރެއާލް ބެޓިސްއިން ކާމިޔާބު ކުރި ގޯލާއެކު މެޗުން ތިން ޕޮއިންޓް ޔަޤީންކޮށްތިބި ބާސެލޯނާއަށް ޖެހުނީ ޕޮއިންޓަކުން ފުއްދާލާށެވެ.  

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow