މެންޗެސްޓަރ ސިޓީއަށް އެނބުރި ނާދެވޭ, ދެ ލަނޑުގެ ލީޑް ލިބުމުން ވެސް ޕީއެސްޖީ އަތުން ބަލި
އިނގިރޭސި ޕްރިމިއަރ ލީގުގައި މިހަފްތާގައި ހޯދި ބޮޑު މޮޅަކީ އެލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އެނބުރި އައުންކަމަށް ދެކުމަކީ ކުށްހީއަކަށްވެ, ދެ ލަނޑުގެ ލީޑެއް ލިބުމުންވެސް ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން ބަލިވެއްޖެއެވެ.
ޗެމްޕިއަންސް ލީގުގައި 4-2 ން ޕީއެސްޖީ އަތުން ބަލިވެ, ލީގުގައި ގަދަ 16 އިން ފުރުޞަތު ލިބުމަކީ މިހާރު ސިޓީއަށް ނާދިރު ކަމެކެވެ. ޕީއެސްޖީގެ ދަނޑުގައި ސިޓީ ބަލިވީ ފުރަތަމަ ދެ ލަނޑު ޖަހާ ލީޑް ހޯދާފައި ވަނިކޮށެވެ. ދެވަނަ ހާފްގެ 11 ވަނަ މިނިޓާ ހަމައަށްވެސް ސިޓީ އޮތީ 2-0 ން ކުރީގައެވެ. އެއީ ދެވަނަ ހާފްގައި ގްރީލިޝް ޖެހި ލަނޑާއި, ހާލަންޑް ޖެހި ލަނޑުންނެވެ.
ޕީއެސްޖީން ފުރަތަމަ ލަނޑު ޖެހީ 56 ވަނަ މިނިޓްގައި ޑެމްބެލޭ އެވެ. ނަތީޖާ ހަމަހަމަ ކުރީ 60 ވަނަ މިނިޓްގައި ބާކޯލާއެވެ. ލީޑް ނަގައިދިނީ 78 ވަނަ މިނިޓްގައި ނެވޭސް އެވެ. އިތުރު ވަގުތުގައި ގޮންކާލޯ ރާމޯސް ލަނޑު ޖަހާ ޕީއެސްޖީ އަށް މޮޅު ޔަގީންކޮށްދިނެވެ. އެލަނޑު ބަލައިގަތީ ގިނައިރުތަކެއް ވަންދެން ވީއޭއާރުން ބެލުމަށްފަހުއެވެ.
މެންޗެސްޓަރ ސިޓީ އޮތީ 36 ޓީމް ވާދަކުރާ ލީގުގެ 25 ވަނައިގައެވެ. ޕީއެސްޖީ އޮތީ 22 ވަނައިގައެވެ.
ރިއެކްޝަންސް