ބްރެޒިލްގެ ޤައުމީ ޓީމުގައި ހިމެނުމަށް ނޭމާގެ 'ފިޓްނަސް' ޔަޤީންކޮށްދޭންޖެހޭ: އަންޗެލޮއްޓީ
ނޭމާ އަދި އަންޗެލޮއްޓީ. ފޮޓޯ: ގޯލް.ކޮމް

ބްރެޒިލްގެ ޤައުމީ ޓީމުގައި ހިމެނުމަށް ނޭމާގެ 'ފިޓްނަސް' ޔަޤީންކޮށްދޭންޖެހޭ: އަންޗެލޮއްޓީ

އަނިޔާގެ މައްސަލަތަކާހެދި 2023 އޮކްޓޯބަރުން ފެށިފެން ނޭމާއަށް ޤައުމީޓީމުން ޖާގަ ލިބިފައެއްނުވޭ

9 hours ago - 12:25
Sep 13, 2025 - 17:16

ނޭމާ އަކީ ބްރެޒިލްގެ ޤައުމީޓިމަށް މުހިއްމު ކުޅުންތެރިއެއްކަމަށާއި, ނަމަވެސް އަންނަ އަހަރު ދުނިޔޭގެ ތައްޓަށްކުޅޭ މުބާރާތުގައި ކުޅެން ބޭނުންނަމަ އޭނާގެ ސިއްހީ ހާލަތު ތަންދޭކަން ކަށަވަރުކޮށްދޭންޖެހޭކަމަށް ޤައުމީޓީމްގެ ކޯޗު ކާލޯ އަންޗެލޮއްޓީ ބުނެފިއެވެ. 

79 ގޯލާއެކު ބްރެޒިލްގެ ޤައުމީޓީމަށް އެންމެ ގިނަ ގޯލް ޖަހައިދިން ނޭމާ އަނިޔާގެ މައްސަލަތަކާހުރެ 2023 އޮކްޓޯބަރުން ފެށިގެން ޤައުމީޓިމަށް މެޗެއް ކުޅެދީފައެއް ނުވެއެވެ. އެފަހަރު ނޭމާ ކުޅުމާ ދުރަށްދާންޖެހުނީ ވައަތު ކަކުލުގެ މެނިސްކަސް އަށާއި ލިގަމެންޓަށް އަނިޔާވެގެންނެވެ.

ކުރިން ބާސެލޯނާ އަދި ޕެރިސް ސެއިންޓް-ޖެމައިން (ޕީއެސްޖީ) އަށްވެސް ކުޅުނު 33 އަހަރުގެ ކުޅުންތެރިޔާ ސައުދީގެ އަލް-ހިލާލްއަށް ބަދަލުވެ އެ ކްލަބަށް ހަތް މެޗު ކުޅުމަށްފަހު މިހާރު ކުޅެމުން އަންނަނީ ބްރެޒިލްގެ ސަންތޯސް އަށެވެ. އަންޗެލޮއްޓީ ގެ އިރުޝާދުގެ ދަށުން ދެފަހަރަށް ބްރެޒިލްގެ ސްކޮޑް އެކުލަވާލި އިރުވެސް ނޭމާއަށް ޖާގަ ލިބިިފައިނުވަނީ އަނިޔާގެ މައްސަަލަތަކުން ނޭމާއަށް އަދިވެސް މުޅިން އަރައިގަނެވިފައި ނުވާތީއެވެ.

ނަމަވެސް މިމަހު އޮތް ވޯލްޑްކަޕް ކޮލިފަޔާސްގެ މެޗުތަކުން އޭނާއަށް ޖާގަ ދީފައިނުވަނީ އަނިޔާގެ މައްސަލަތަކާހެދި ނޫންކަމަށާއި އޭގެ ފަހަތުގައި އޮތީ ޓެކްނިކަލް ސަބަބެއްކަމަށް ނޭމާ ވަނީ ބުނެފައެވެ. އެހެންނަމަވެސް ކޯޗުގެ ނިންމުމަށް އޭނާ އިޙްތިިރާމް ކުރާކަމަށްވެސް ނޭމާ ބުނެފައި ވެއެވެ.

Advertisement
Advertisement

"އެންމެންވެސް ބޭނުންވޭ ރަނގަޅަށް ފިޓްވެގެން ނޭމާ ޤައުމީޓީމާ ގުޅެން. އަހަރެން އޭނާ އާ ވާހަކަދެއްކިން. އަހަރެންބުނިން އެންމެ ރަނގަޅަށް އަނިޔާއިން ސަލާމަތްވެ ޓީމާ ގުޅެން އަދިވެސް ވަރަށް ވަގުތު އެބައޮތޭ. އޭގެ ފަހުގައޭ ޓީމާއެކު ރަނގަޅު ކާމިޔާބީ ހޯދަން މަސައްކަތްކުރާނީ" އަންޗެލޮއްޓީ ބުނެފައި ވެއެވެ. 

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow