ގަވާއިދާ ހިލާފަށް ސިނގިރޭޓް ވިޔަފާރި ކުރަމުންދިޔަ ބަނގްލަދޭޝް މީހަކު ހައްޔަރުކޮށްފި
ހައްޔަރުކުރި މީހާ އަތުން ފެނުނު ފައިސާއާއި ސިނގިރޭޓް ބަންދުކުރާ ސާމާނު: ފޮޓޯ-ފުލުހުން

ގަވާއިދާ ހިލާފަށް ސިނގިރޭޓް ވިޔަފާރި ކުރަމުންދިޔަ ބަނގްލަދޭޝް މީހަކު ހައްޔަރުކޮށްފި

ސިނގިރޭޓް ބަންދުކުރާ ސާމާނާއި, ގިނަ އަދަދެއްގެ ފައިސާ ފެނުނު

8 months ago - 23:12
Sep 12, 2025 - 23:12
Advertisement
Advertisement

ގަވާއިދާ ހިލާފަށް ސިނގިރޭޓް ވިޔަފާރި ކުރަމުންދިޔަ ބަނގްލަދޭޝް މީހަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކުރީ 32 އަހަރުގެ އެމްޑީ ސައްދާމް ހުސައިން އެވެ.

މިއަދު އޭނާ ހައްޔަރުކުރީ ހުޅުމާލެ ފޭސް 1 ގެ ކަންނެލި ޖެޓީ ކައިރިން ކަމަށް ފުލުހުން ވިދާޅުވިއެވެ. ހައްޔަރުކުރީ ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ފެނުމުން އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވި ބަލާފާސްކުރި އިރު ސިނގިރޭޓް ބަންދުކުރުމަށް ބޭނުންކުރާ އާލާތްތައް ފެނިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާ ހައްޔަރުކޮށް ބަލާ ފާސްކުރިއިރު ގިނަ އަދަދެއްގެ ސިނގިރޭޓް ފޮއްޓާއި, ދުންފަތާއި, ސިނގިރޭޓް ފިލްޓަރ އަދި ރިޒްލާ އާއި ސިނގިރޭޓް އަނބުރަން ބޭނުންކުރާ ބޮކްސްއެއް ފެނުނު ކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެއިތުރުން 53,000 އަށްވުރެ ގިނަ ދިވެހި ރުފިޔާވެސް ފެނުނު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ގަވާއިދާ ހިލާފަށް ސިނގިރޭޓްގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކޮށް, އެމީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މައްސަލަ ތަހުގީގު ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement