63 ރަށެއްގައި ފިޓްނަސް ސެންޓަރު އަޅަން އެމްއޭސީއެލްއާ ހަވާލުކޮށްފި
ރަށެއްގައި ފިޓްނަސް ސެންޓަރު އަޅަން އެމްއޭސީއެލްއާ ހަވާލުކުރަނީ: ފޮޓޯ-އެމްއޭސީއެލް

63 ރަށެއްގައި ފިޓްނަސް ސެންޓަރު އަޅަން އެމްއޭސީއެލްއާ ހަވާލުކޮށްފި

71 ރަށެއްގައި އައުޓްޑޯ ޖިމް އަޅަން އެޗްޑީސީއާ ވަނީ ހަވާލުކޮށްފަ

8 months ago - 12:29
Aug 19, 2025 - 14:48
Advertisement
Advertisement

63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) ޤާއިމްކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފިއެވެ.

މިހާތަނަށް 87 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރާތްކުރަން ސަރުކާރު ކުންފުނިތަކާ ހަވާލުކުރިއިރު އެންމެ ގިނަ ސެންޓަރު އަޅަން ހަވާލުކުރީ ރާއްޖޭގެ މައި އެއަރޕޯރތް ހިންގާ ކުންފުންޏާއެވެ. އެ އެއްބަސްވުމުގައި ސޮއިކުރީ މިއަދުއެވެ.

މިނިސްޓްރީ އޮފް ސްޕޯރޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޢަބްދުالله ރާފިއު އެވެ. އެއަޕޯރޓްސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ  އިބްރާހީމް ޝަރީފް އެވެ.

71 ރަށެއްގައި އައުޓްޑޯ ޖިމް އަޅަންވެސް ކުޅިވަރާއި ބެހޭ ވުޒާރާއިން ވަނީ ހަވާލުކޮށްފައެވެ. މިމަސައްކަތް ހަވާލުކުރީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެވެ.  2026 ގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމްތައް ޤާއިމްކޮށްދިނުމަކީވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ.

އިތުރު 38 ރަށެއްގެ ޖިމްގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާކަމަށް ކުޅިވަރާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement