މަޖީދިއްޔާއަކީ ދިވެހިރާއްޖޭގެ ނިޒާމީ ތަޢުލީމުގެ އުނގު- ރައީސް މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ މަޖީދިއްޔާ ސްކޫލްގައި: ފޮޓޯ-ރައީސް އޮފީސް

މަޖީދިއްޔާއަކީ ދިވެހިރާއްޖޭގެ ނިޒާމީ ތަޢުލީމުގެ އުނގު- ރައީސް މުއިއްޒު

މިއަދަކީ މަޖީދިއްޔާ ސްކޫލްގެ 98 ވަނަ އަހަރީ ދުވަސް

17 hours ago - 11:12
Apr 19, 2025 - 11:12
Advertisement
Advertisement

މަޖީދިއްޔާއަކީ ދިވެހިރާއްޖޭގެ ނިޒާމީ ތަޢުލީމުގެ އުނގު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މަޖީދިއްޔާ ސްކޫލްގެ 98 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަޖީދިއްޔާއަކީ ދިވެހިރާއްޖޭގެ ނިޒާމީ ތަޢުލީމުގެ އުނގު ކަމަށާއި, އަދި އެއީ މި ޤައުމުގެ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ" ކަމަށެވެ.

 މަޖީދިއްޔާގެ ހަނދާންތައް ދިވެހި ތާރީޚުގައި ބިންވަޅު ނެގިފައިވަނީ ފަނޑުވުމެއްނެތް ޒިކުރާތަކާ އެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މަޖީދިއްޔާގެ "ފަޚުރުވެރި ހިޔަލުން" މި ޤައުމަށް ގެނުވި ކުރިއެރުމާއި، "މަޖީދިއްޔަ ނޫރުން" މި ޤައުމަށް ދިން ޢިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ތަޢުލީމުގެ އެންމެ ނަންހުރި ބިނާއަށް 98 އަހަރު ފުރޭ މި ތާރީޚީ މުނާސަބާގެ ހެޔޮއެދުންތައް ސްކޫލުގެ އެހާރާ މިހާރުގެ ދަރިވަރުންނަށް، ބެލެނިވެރީންނަށް، މުދައްރިސުންނަށް، ހިންގުންތެރީންނަށް، ޚިދުމަތްތެރީންނަށް އަރިސްކުރައްވާފައެވެ.

މަޖީދިއްޔާ ސްކޫލަށް ގަރުނެއް ފުރޭތީ އެކަން ފާހަގަކުރުމުގެ ކައުންޓްޑައުން އެސްކޫލުން ވަނީ ފަށާފައެވެ. މިކަމުގައި އެސްކޫލްގެ އެކި އަހަރުތަކުގެ ދަރުވަރުން އަންނަނީ ބައިވެރިވަމުންނެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement