ދިވެހި-އިންޑިއާ ހައި-ލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުން ނިއު ދިއްލީގައި ބާއްވައިފި
އިންޑިއާގައި ބޭއްވުނު ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ފޮރިންގ މިނިސްޓްރީ

ދިވެހި-އިންޑިއާ ހައި-ލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުން ނިއު ދިއްލީގައި ބާއްވައިފި

2 months ago - 21:28
May 26, 2025 - 21:31
Advertisement
Advertisement

ދިވެހިރާއްޖެއާއި އިންޑިއާގެ މެދުގައި އުފައްދާފައިވާ ހައި-ލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުން މިއަދު އިންޑިއާގެ ނިއު ދިއްލީގައި ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ދިވެހި ވަފުދުގެ އިސްވެރިޔާގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލެވެ.

މި ބައްދަލުވުމަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެކުލަވާލެވުނު "އިންޑިއާ އެންޑް މޯލްޑިވްސް: އަ ވިޝަން ފޮރ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނަޝިޕް" ގެ އޮނިގަނޑުގެ ދަށުން ބޭއްވޭ ބައްދަލުވުންތަކުގެ ތެރެއިން ދެވަނަ ބައްދަލުވުންކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި އޮތް އެކުވެރިކަން އިތުރަށް ބަދަހިކުރުމަށްޓަކައި ގިނަ ދާއިރާތަކަކާއި ގުޅޭ ގޮތުން މަޝްވަރާކުރެވުނުކަމށާއި. މީގެ ތެރޭގައި ދަތުރުފަތުރު، ދަނޑުވެރިކަން، މަސްވެރިކަން، ވިޔަފާރި، އިޤްތިޞާދީ، ޞިއްޙީ، އަދި ދިފާޢީ ދާއިރާތައް ހިމެނޭކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

Advertisement
Advertisement

ދިވެހި ވަފުދުގައި ރައީސް އޮފީހާއި، ފޮރިން މިނިސްޓްރީ، ޑިފެންސް މިނިސްޓްރީ، ކޮންސްޓްރަކްޝަން މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ އަދި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement