
އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ބިދޭސީން އަތުން ނާޖާއިޒު ފައިދާ ނަގަމުންދާ މައްސަލައާއެކު އަވަސް ފިޔަވަޅު ތަކެއް!
މައްސަލައާ ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލަރ ވަކިކުރެއްވި
އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ބިދޭސީން އަތުން ނާޖާއިޒު ފައިދާ ނަގަމުންދާ މައްސަލައާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އަވަސް ފިޔަވަޅު ތަކެއް އަޅުއްވައިފިއެވެ.
އިމިގްރެޝަންގެ މުވައްޒަފުންތަކެއް މަގާމްގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް, ބިދޭސީ މަސައްކަތްތެރިން އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ މައްސަލައެއް ފެންމަތިވެ, ތަހުގީގު ފެށިކަން ފުލުހުން ޢާއްމުކުރީ މިރެއެވެ. ފުލުހުން ކުރު ބަޔާނެއް ނެރުއްވާ އެކަން ހާމަކުރެއްވުމާ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަހީދު ވަކިކުރައްވާ, އާ ކޮމިޝަނަރެއް އައްޔަން ކުރެއްވުން މިރޭ ވަނީކުރިއަށް ގެންދަވާފައެވެ. އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަކިކުރެއްވީ ފުލުހުން ތަހުގީގުކުރާ މައްސަލައިގައި ކޮންޓްރޯލަރގެ ބައިވެރިވުން އޮތުމުން ކަމަށް މައުލޫމާތު ލިބެއެވެ.
ދަންވަރު އާ އިމިގްރޭޝަން ކޮންޓްރޯލަރ އަކަށް އައްޔަން ކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަޑް އަހުމަދު ފަސީހު އެވެ.
ފުލުހުން ވިދާޅުވީ ތަހުގީގު ކުރަމުންދާ މައްސަލައިގައި ބުރާސްފަތި ދުވަހުގެރޭ ހިންގި އޮޕަރޭޝަންގައި ގެއެއް ބަލާ ފާސްކޮށް, ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭގެތެރޭގައި އިމިގްރޭޝަން އޮފިސަރުން ހިމެނެއެވެ.
ފުލުހުން ވިދާޅުވީ ތަހުގީގު ކުރިއަށްދާވަރަކަށް މައްސަލާގެ ތަފްސީލް ހިއްސާކުރައްވާނެ ކަމަށެވެ.
ރިއެކްޝަންސް






