
އިމިގްރޭޝަން ކޮންޓްރޯލަރގެ މަޤާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރ ފަސީހު އައްޔަންކުރައްވައިފި
ކުރިން ހުންނެވި މުޙައްމަދު ޝަމްޢާން ވަހީދު ވަނީ ވަކިކުރައްވާފަ
އާ އިމިގްރޭޝަން ކޮންޓްރޯލަރގެ މަޤާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރ އަޙުމަދު ފަސީހު އައްޔަންކުރައްވައިފި އެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަޑް އަޙުމަދު ފަސީހު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް އައްޔަންކުރެއްވިކަން ތަރުޖަމާނު ހީނާ ވަލީދު އިއުލާނުކުރެއްވީ ދަންވަރު ކުރެއްވި ޕޯސްޓެއްގައެވެ. ފަސީހު އެމަގާމަށް އައްޔަން ކުރެއްވީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ. ފަސީހު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވީ ރައީސް ޔާމީނުގެ ވެރިކަމުގެ ބައެއްގައެވެ.
ފަސީހު އެމަގާމަށް އައްޔަންކުރެއްވީ ކުރިން އެމަގާމްގައި ހުންނެވި މުޙައްމަދު ޝަމްޢާން ވަހީދު ވަކިކުރެއްވުމަށްފަހުއެވެ. މިސަރުކާރުން ފުރަތަމަ އައްޔަންކުރެއްވި ކޮންޓްރޯލަރ ވަކިކުރެއްވި ސަބަބެއް ސަރުކާރުން އަދި ނުބުނެއެވެ.
ރިއެކްޝަންސް






