ރަސްމާލެއިން އަންނަ އަހަރުގެ މެދުތެރޭގައި ގޯތި ދޫކުރަން ފެށޭނެ: ވަޒީރު މުއްޠަލިބް

ރަސްމާލެއިން އަންނަ އަހަރުގެ މެދުތެރޭގައި ގޯތި ދޫކުރަން ފެށޭނެ: ވަޒީރު މުއްޠަލިބް

37 minutes ago - 19:43
Advertisement
Advertisement

ރަސްމާލޭގެ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ނިމި، އަންނަ އަހަރުގެ މެދުތެރެއަށް ދާންވާއިރަށް އެ ސަރަޙައްދުން ރައްޔިތުންނަށް ގޯތި ދޫކުރަން ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.


ވަޒީރު މިހެން ވިދާޅުވީ މި ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ހަފްތާ 156" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.


ރަސްމާލެ މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން ވަޒީރު މުއްޠަލިބް ވިދާޅުވީ، އެ ސިޓީގެ މާސްޓަރ ޕްލޭން ހެދުމަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މި ޕްލޭން ތައްޔާރުކުރާއިރު، އާއިލީ ބޯހިޔާވަހިކަމުގެ ދަށުން ގޯއްޗަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް ގޯތި ލިބޭނެ ގޮތްތަކާއި، މުސްތަޤްބަލުގައި އެތަނުގައި ވަޒަންވެރިވާ އާބާދީއަށް ބޭނުންވާ ފްލެޓް އިމާރާތްތައް ތަރައްޤީކުރެވޭނެ އިންތިޒާމުތަކަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން، މާސްޓަރ ޕްލޭން ނިންމުމަށްފަހު އަންނަ އަހަރުގެ މެދުތެރޭގައި ގޯތިތައް ހަވާލުކުރަން ފެށުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ.


މީގެއިތުރުން، އެ ސަރަޙައްދުގައި ހިންގުމަށް ހަމަޖެހިފައިވާ އިޤްތިޞާދީ ހަރަކާތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، "މޯލްޑިވްސް ވޯޓަރ ފްރޮންޓް މެރީނާ" މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވިއްޖެނަމަ އެތަނުގައި ވަރަށް ބޮޑު އިޤްތިޞާދެއް އުފެދިގެންދާނެ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ވަޒީފާގެ ފުރުޞަތުތަކާއި، މަސައްކަތްތަކާއި ވިޔަފާރިތައް އުފެދިގެން ދިއުމަކީ ރަސްމާލެއިން ދިވެހިންނަށް ޚާއްޞަވެފައިވާ ބައި އަވަހަށް ތަރައްޤީކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement