ޤަތުލްއާންމާއެކު ޣައްޒާގެ ދަނޑުބިންތަކުގެ %95 އިޒްރާއިލްއިން ވަނީ ހަލާކުކޮށްލާފަ: އދ
ހަނގުރާމައިގެ ކުރިން ޣައްޒާގެ ގްރީންހައުސްއެއްގައި މީހަކު ސްޓްރޯބެރީ ބިންނަނީ

ޤަތުލްއާންމާއެކު ޣައްޒާގެ ދަނޑުބިންތަކުގެ %95 އިޒްރާއިލްއިން ވަނީ ހަލާކުކޮށްލާފަ: އދ

އިޒްރާއިލްއިން ވަނީ ދަނޑުތަކަށާއި, ފެންވަޅުތައް އަދި ގްރީންހައުސްތަަކަށްވެސް ހަމަލާދީ ނައްތާލާފަ

1 day ago - 20:19
May 26, 2025 - 20:29

އިޒްރާއިލް އިން ޣައްޒާގެ ދަނޑުބިންތަކަށް ދެމުންދާ ހަމަލާތަކުގައި ދަނޑުބިންިތަކުގެ 95 އިންސައްތަ ނެތިގޮސް, ބިންގަނޑުވެސް ހަލާކުކޮށްލާފައިވާކަމުގައި އދ ގެ އާ ޖިއޯސްޕޭޝަލް އެސެސްމަންޓް އިން ދައްކައިފިއެވެ.

އދ ގެ ސެޓެލައިޓް ސެންޓަރާއި ފުޑް އެންޑް އެގްރިކަލްޗަރަލް އޯގަނައިޒޭޝަން ގުޅިގެން ހެދި މި އެސެސްމަންޓް ބުނާގޮތުން ޣައްޒާގެ ދަނޑުބިންތަކުގެ އެންމެ 5 އިންސައްތަ ނޫނީ ދަނޑުވެރިކަން ކުރަން މިހާރު ބޭނުމެއް ނުކުރެވޭނެއެވެ. 

އެގްރިކަލްޗަރަލް އޯގަނައިޒޭޝަން އިން ހޯމަ ދުވަހު ބުނީ ދަނޑުބިންތައް ހަލާކުކޮށްލާފައި އޮތީ ކަންބޮޑުވާ ދަރަޖައަކަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޣައްޒާގައި ކާބޯތަކެތި އުފެއްދޭ މިންވަރު ދަށްވެ ހައިހޫނު ކަމުގެ ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމުގެ އިންޒާރުވެސް އެ ޖަމާއަތުން ވަނީ ދީފައެވެ.

އެސެސްމަންޓް ދައްކާގޮތުން ދަނޑުބިންތަކުގެ 80 އިންސައްތަ ވަނީ އެއްވެސް ވަރަކަށް ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައެވެ. އަދި 77.8 އިންސައްތަ ސަރަހައްދަށް ދަނޑުވެރިންނަށް މިހާރު ނުވެސް ވަދެވޭ ކަމުގައެވެ. މީގެ އިތުރުން, ދަނޑުވެރިކަން ކުރެވޭ ހާލަތުގައި މިހާރު އޮތީ އެންމެ 688 ހެކްޓަރު (1,700 އޭކަރު) ނުވަތަ 4.6 އިންސައްތައިގެ ބިންކޮޅެއް ކަމުގައިކަންވެސް އެސެސްމަންޓްގައި ފާހަގަކޮށްފައި ވެއެވެ. 

Advertisement
Advertisement

އިޒްރާއިލްއިން ޣައްޒާގެ ގްރީންހައުސްތަކުގެ 71.2 އިންސައްތަ އަދި ދަނޑުތަކަށް ފެންދޭ ވަޅުތަކުގެ 82.8 އިންސައްތަވެސް ވަނީ ހަލާކުކޮށްލާފައި ކަމުގައި ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

"މި ގެއްލުމަކީ ހަމައެކަނި އިންފްރާސްޓްރަކްޗަރަށް ލިބުނު ގެއްލުމެއްނޫން. މިއީ ޣައްޒާގެ ދަނޑުވެރިކާނާގެ ނިޒާމާއި ދިރިއުޅުންވެސް ފުނޑާލުން" އެޖަމާއަތުގެ ޑެޕިއުޓީ ޑިރެކްޓަރު ބެތް ބެކްޑޯލް ވިދާޅުވިއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow