މާދަމާއަކީ މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަސް
އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު

މާދަމާއަކީ މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަސް

1 year ago - 20:33
Feb 28, 2025 - 20:37
Advertisement
Advertisement

މާދަމާއަކީ މި އަހަރުގެ  ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ސަރުކާރުން ކަނޑައަޅައިފިއެވެ.

މިގޮތަށް ކަނޑައަޅާފައި ވަނީ  މި އަހަރުގެ ރޯދަ މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ބައްދަލުވުމުގައި، ރޯދަ މަހުގެ ހަނދާބެހޭގޮތުން އިއްވި ގަރާރުންނެވެ. އެ ގަރާރުގައި ބުނެފައިވަނީ ޙިޖްރީ ސަނަތުން 1446 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 29 ވީ ބުރާސްފަތި ދުވަހުގެ އިރު އޮއްސުމުގެ ފަހުން، ބައެއް އިސްލާމީ ޤައުމުތަކަށް 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނުނުކަން ޝަރުޢީ ހަމަތަކުން ސާބިތުވެފައިވާ ކަމަށެވެ.

އެހެންވެ ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށް ރާއްޖޭގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތީން މާދަމާއަކީ ރޯދައިގެ ފުރަތަމަ ދުވަސްކަމަށް ކަނޑައެޅީކަމަށެވެ.

މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް ސައޫދީ އަރަބިއްޔާ، ކުވައިތު، އެކުވެރި އަރަބި އިމާރާތް އަދި އޮމާން ފަދަ ގައުމުތަކުން ވެސް ވަނީ ކަނޑައަޅާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement