
ރޯދަމަހު މާލެ ސަރަހައްދުގައި މުދާ އުފުލޭނެ ގަޑިތައް އާންމުކޮށްފި
މިއަހަރުގެ ރަމަޟާންމަހު ގްރޭޓަރ މާލެ ސަރަޙައްދުގައި ވިޔަފާރީގެ ބޭނުންތަކަށް މުދާ އުފުލޭނެ ގަޑިތައް ދަތުރުފަތުރާ މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން އާންމުކޮށްފިއެވެ.
ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާ ހަމައަށް މުދާ އުފުލޭނެ ގަޑިތަކަކީ:
- ހެނދުނު 9:30 އިން 16:30 އަށް
- ރޭގަނޑު 20:00 އިން ހެނދުނު 6:00 އަށް
ރަމަޟާންމަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާންމަސް ނިމެންދެން މުދާ އުފުލޭނެ ގަޑިތަކަކީ:
- ހެނދުނު 6:00 އިން ހަވީރު 16:30 އަށް
- ރޭގަނޑު 20:00 އިން ހެނދުނު 6:00 އަށް
ޝައްވާލު މަހުގެ ފުރަތަމަ ހަފްތާގައިވެސް މުދާ އުފުލޭނީ ރަމަޟާންމަހުގެ ފުރަތަމަ 19 ދުވަހުގެ ވަގުތުތަކުގައެވެ.
މި ގަޑިތަކުގައި މެނުވީ މުދާ އުފުލާނަމަ 750 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށް ޓްރާންސްޕޯރޓް މިނިސްޓްރީން ވިދާޅުވިއެވެ. މި ގަވާއިދުތައް ހަމަޖައްސާފައިވަނީ ރަމަޟާންމަހު މާލޭގެ ޓްރެފިކް ބެލެހެއްޓުމަށް ފަސޭހަކުރުމަށާއި، މަގުތަކުގެ ޓްރެފިކް ކުޑަކުރުމަށް އެ މިނސްޓްރީ ވިދާޅުވިއެވެ.
ރިއެކްޝަންސް






