އަލަށް ފާސްކުރެވުނު ޤާނޫނުގެ ދަށުން 214 މިލިއަން ޑޮލަރު މާރުކޮށްފި: ރައީސް މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ރައީސް އޮފީސް

އަލަށް ފާސްކުރެވުނު ޤާނޫނުގެ ދަށުން 214 މިލިއަން ޑޮލަރު މާރުކޮށްފި: ރައީސް މުއިއްޒު

20 hours ago - 10:59
May 3, 2025 - 11:06

ބޭރު ފައިސާ މާރުކުރުމުގެ ޤާނޫނުގެ ދަށުން މިހާތަނަށް 214 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ މާލީހާލަތާއި ގުޅޭ މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ މިއަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ދަށުން ރިސޯޓްތަކުން 214 މިލިއަން ޑޮލަރު މިހާތަނަށް މާރުކޮށްފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ މި ރޭންޖުގައި ޑޮލަރު މާރުކުރަމުންދާކަމަށް ވާނަމަ ރާއްޖޭގައި އުފެދިފައިވާ ޑޮލަރުގެ ބުލެކް މާކެޓް ނައްތާލެވިގެންދާނެއެވެ. ހަމަ މިއާއިއެކު ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް މިހާރު ދޫކުރަމުންދާ ޑޮލަރުގެ އަދަދު މަތިކުރެވި އަދި ބޭރުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް މަހުންމަހަށް ނެގޭ ޑޮލަރުގެ އަދަދުވެސް އިތުރުކުރެވިގެން ދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement
Advertisement

މާލީހާލަތުގެ ވާހަކަ ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ އެސް.ޑީ.އެފްގެ ފަނޑަށްވެސް މިދިޔަ މަހުގެ ނިޔަލަށް 121 މިލިޔަން ޑޮލަރު ޖަމާކުރެވިފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ މި ސަރުކާރުވެރިކަމަށް އައިއިރު މި ފަނޑުގައި ހުރީ އެންމެ 2 މިލިއަން ޑޮލަރުކަމަށެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow