ކެޕިޓަލް ޚަރަދު ދަށްވެ, ބަޖެޓުން ޚަރަދުކުރި ނިސްބަތް ދަށަށް
ބަޖެޓުން ހޭދަކުރި ނިސްބަތް ވަނީ ދަށްވެފަ

ކެޕިޓަލް ޚަރަދު ދަށްވެ, ބަޖެޓުން ޚަރަދުކުރި ނިސްބަތް ދަށަށް

2 hours ago - 13:48
Sep 14, 2025 - 13:49

ކެޕިޓަލް ޚަރަދު ދަށްވެ, ބަޖެޓުން ޚަރަދުކުރި ނިސްބަތް މިދިޔަ އަހަރުގެ ފުރަތަމަ އަށް މަސް ދުވަހަށްވުރެ މިއަހަރުގެ ފުރަތަމަ އަށްމަސް ދުވަހު ދަށަށް ހިނގައްޖެއެވެ.

މާލީ ވުޒާރާއިން ޢާއްމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް މިއަހަރު ދައުލަތުގެ ބަޖެޓުން ކުރި ޚަރަދު މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު %15.5 ދަށެވެ. އެމުއްދަތުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، ޢާއްމުކޮށްފައިވާ ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްފައިވަނީ 25.4 ބިލިއަން ރުފިޔާ އެވެ. މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު %15.5 ދަށް އަދަދެކެވެ. މީގެ މައިގަނޑު ސަބަބަކީ ދައުލަތުގެ ކެޕިޓަލް ޚަރަދު %57.7 ދަށްވުމެވެ.

ރިކަރަންޓް ޚަރަދުގެ ބޮޑުބައެއް ޚަރަދުކޮށްފައިވަނީ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށެވެ. އެއީ %56.7 އެވެ. މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު %4.5 ދަށް ޢަދަދެކެވެ. ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރި ހޭދަ ވެސް ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު %5.8 ވަނީ ދަށްކޮށްފައެވެ. ދައުލަތުން ފޯރުކޮށްދޭ އެކި އެހީ އަދި ސަބްސިޑީތައް ފޯރުކޮށްދިނުމަށް ކުރި ހޭދަވެސް ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު %7.0 ވަނީ ދަށްވެފައެވެ.

 

Advertisement
Advertisement

ނިމިދިޔަ ހަފްތާގެ ނިޔަލަށް ކެޕިޓަލް ޚަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ ކަމަށް ދައްކަނީ 3.3 ބިލިއަން ރުފިޔާއެވެ. މަގުހެދުމާއި ބްރިޖް އަދި އެއަރޕޯޓް ތަރައްގީކުރުމަށް ހިނގާފައިވާ ޚަރަދު ހިމަނައިގެން، އިންފްރާސްޓްރަކްޗަރ އެސެޓްތަކަށް 2.9 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި ވަނީ ހޭދަކޮށްފައެވެ.

 

2025 ވަނަ އަހަރަށް އެކުލަވައިލައިފައިވާ ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ.)އަށް 12.4 ބިލިއަން ރުފިޔާ ހިނގާނެކަމަށް ލަފާކޮށްފައިވެއެވެ. މިއަހަރުގެ މިހާތަނަށް މިފަދަ ޕްރޮގްރާމްތަކަށް ހޭދަކޮށްފައިވަނީ 4.1 ބިލިއަން ރުފިޔާއެވެ. އަދި ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ހިނގާފައިވާ ޕީ.އެސް.އައި.ޕީ ޚަރަދުގެ ބޮޑު އިންސައްތައެއް، ބިން ހިއްކުމާއި މަގު ހެދުމުގައި މަޝްރޫޢުތަކަށް ހޭދަކޮށްފައިވި ނަމަވެސް، މި އަހަރުގެ ތެރޭގައި ހިނގާފައިވާ ޕީ.އެސް.އައި.ޕީ ޚަރަދުގެ ބޮޑު އިންސައްތައެއް ޙިއްސާކުރަނީ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމާ ގުޅޭ ތަފާތު އެކި މަޝްރޫޢުތަކަށް ކޮށްފައިވާ ޚަރަދެވެ. މިފަދަ މަޝްރޫޢުތަކަށް ޖުމުލަ 2.6 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި ޚަރަދުކޮށްފައިވާކަމަށް ހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން ބޯހިޔާވަހިކަމުގެ އެކިއެކި މަޝްރޫއުތަކަށް 131.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށްވެސް ހިސާބުތައް ދައްކައެވެ. ޕީ.އެސް.އައި.ޕީ އާ ގުޅޭ ތަފާތު އެކި ސިޔާސަތުތައް ހަރުދަނާކުރުމަށް މިއަހަރުގެ ތެރޭގައި ސަރުކާރުން ކުރަމުންދާ ގމަސައްކަތްތަކާއެކު، މިފަދަ ޕްރޮގްރާމްތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ޖުމުލަ ޚަރަދު ވަނީ ކޮށްފައެވެ.

ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްފައިވަނީ 25.4 ބިލިއަން ރުފިޔާ އެވެ. ނިމިގެންދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު މިއަހަރުގެ ޚަރަދު 15.5 އިންސައްތަ ދަށެވެ. އެއާއެކު، ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް 868.7 މިލިއަން ރުފިޔާގެ ސަރޕްލަސެއްގައި ދެމެހެއްޓިފައިވާކަމަށް ދައްކައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow