
އަރިއަތޮޅުގައި ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ ފޯރަމެއް ބާއްވައިފި
އަރިއަތޮޅުގައި ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ ފޯރަމެއް ބާއްވައިފި އެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން މިފޯރަމް ބޭއްވީ އދ.އަތޮޅާއި އދ.އަތޮޅުގެ ކުދިއަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެންނެވެ.
"ވުނާރި ފޯރަމް" ކުރިއަށް ގެންދިޔައީ އަންގާރަ ދުވަހު މަހިބަދޫގައެވެ. މިފޯރަމަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އޮޕަރޭޓަރުންނާއި، އެދާއިރާއާ ގުޅުންހުރި ވިޔަފާރިތަކަށް ބޭނުންވާ މުހިންމު ހުނަރުތަކާއި، ވިޔަފާރިއާ ގުޅޭ ގާނޫނީ މައުލޫމާތު ދިނުމަށް ޚާއްޞަކުރި ފޯރަމެކެވެ. އަދި ފަތުރުވެރިކަމުގެ މާކެޓް ފުޅާ ކުރުމުގެ ފުރުސަތު ހޯދައިދިނުމަކީވެސް ފޯރަމްގެ ބޭނުމެއް ކަމަށް ބީސީސީ އިން ވަނީ ވިދާޅުވިއެވެ.
މިފޯރަމުގެ މައުލޫމާތު ސެޝަންތައް ނަގައިދިނީ ބީސީސީގެ އިތުރުން، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓާއި، އެމްއެމްޕީއާރުސީ އާއި މޯލްޑްވިސް އިސްލާމިކް ބޭންކާއި، ބޭންކް އޮފް މޯލްޑިވްސް އަދި މީރާ ގެ ފަރާތުންނެވެ.
ރިއެކްޝަންސް






