
ދަފްތަރުގައި ތިބި މަސްވެރިންނަށް ކުރިއަށް އޮތް މެއި މަހުން ފެށިގެން ލޯނު ދޭން ފަށަނީ
ދަފްތަރުގައި ތިބި މަސްވެރިންނަށް ކުރިއަށް އޮތް މެއި މަހުން ފެށިގެން ލޯނު ދޭން ފަށަން މަސްވެރިކަމާ ބެހޭ ވުޒާރާއިން ބޭންކް އޮފް މޯލްޑިވްސްއާ އެކު ސޮއިކޮށްފިއެވެ.
ބީއެމްއެލްއިން މިއަދު ބުނީ މިއީ ރައީސް ޑރ.މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅުތަކުގެ ތެރެއިން، މަސްވެރިކަން ވަޒީފާއެއްގެ ގޮތުގައި ބަލައިގަތުމުގެ ތެރެއިން ކުރިއަށް އެޅުއްވި ފިޔަވަޅެއް ކަމަށެވެ. މަސްވެރިންނަށް ލޯނު ލިބޭނޭ ގޮތް ހައްދަވައިދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ވައުދެކެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މަސްވެރިންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް މެއި 1 އިން ފެށިގެން ބީއެމްއެލްގެ ފައިނޭންސިންގް ޚިދުމަތް ލިބޭނެ ކަމަށެވެ.
މިއެއްބަސްވުމުގެ ދަށުން މަސްވެރިންނަށް ކްރެޑިޓް ކާޑާއި, ކްރެޑިޓް ފެސިލިޓީސް އަދި ބީއެމްއެލްގެ ފައިނޭނިންގ ޚިދުމަތްވެސް ލިބޭނެ ކަމަށް އެކުންފުނިން ވިދާޅުވިއެވެ. ޚިދުމަތްތައް ބިނާވަނީ ޢާމްދަނީ އަށް ބިނާކޮށެވެ. މަސްވެރިކަމަށް އަންނަ ބަދަލުތަކާ ގުޅިގެން އާމްދަނީ އަށް އަންނަ ބަދަލުން ލުއިތައް ދޭންވެސް ބީއެމްއެލްއިން ވަނީ ނިންމާފައެވެ.
ރިއެކްޝަންސް






