މަސްވެރި ހުރިހާ ދޯނިފަހަރަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިފި

މަސްވެރި ހުރިހާ ދޯނިފަހަރަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިފި

3 hours ago - 14:59

މަސްވެރިކަން ކުރާ ހުރިހާ ދޯނިފަހަރަށް އޭޕްރީލް 22، 2026 އިން ފެށިގެން އެސްޓީއޯ ޝެޑް ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސާފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ހާމަކޮށްފިއެވެ.


ފިޝަރީޒް މިނިސްޓްރީން ބުނީ "ފަހި ހަކަތަ" ޕްރޮގްރާމްގައި ރަޖިސްޓްރީ ވެފައިވާ ދޯނިތަކަށް ސަބްސިޑައިޒް އަގުގައި ރަށްރަށުން ތެޔޮ ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަމަށެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ 13 ސަރަޙައްދަކުން ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެއެވެ.


އެސްޓީއޯ ޝެޑް ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ 13 ރަށަކީ:

ހއ. އިހަވަންދޫ
ހދ. ހަނިމާދޫ
ށ. މިލަންދޫ
ބ. އޭދަފުށި
ފ. ނިލަންދޫ
ކ. ހިންމަފުށި
ރ. ދުވާފަރު
ދ. ކުޑަހުވަދޫ
ޅ. ފެލިވަރު
ގއ. ކޫއްޑޫ
ފުވައްމުލައް ސިޓީ
ސ. ހުޅުމީދޫ
ހުޅުމާލެ ޖެޓީ

މެދުއިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާ މި ދަނޑިވަޅުގައި، ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވީ، ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށެވެ.


މިނިސްޓަރު އިތުރަށް ވިދާޅުވީ، މި އުނދަގޫ ހާލަތުގައިވެސް ސަރުކާރުން ޔަގީންކުރާ އެއްކަމަކީ ދިވެހި މަސްވެރިން މަސްކަނޑުތަކަށް ނިކުމެވޭނެކަން ކަށަވަރުކުރުން ކަމަށެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވީ ނަމަވެސް، މަސްވެރިންގެ އަތުން ކުރަންޖެހޭ ޚަރަދު ކުޑަކުރުމަށްޓަކައި ސަރުކާރުން މިއަދާ ހަމައަށްވެސް ތެލުގެ ކަންކަން އެންމެ އެދެވޭ ގޮތެއްގައި މެނޭޖުކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.


މި ނިންމުމާއެކު މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް، ޚާއްޞަކޮށް އަތޮޅުތެރޭގައި މަސްވެރިކަން ކުރާ އުޅަނދުފަހަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow