
ބީއެމްއެލްގެ ޚިދުމަތްތައް ފުޅާކޮށް، ޑިޖިޓަލް ޕްލެޓްފޯމްތަކަށް ބަދަލުކުރަނީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރޯދަ މަހުން ފެށިގެން ބޭންކުގެ ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.
ބީއެލްއިން ބުނީ އޮންލައިންކުރާ ޚިދުމަތްތަކުގެ ތެރޭގައި ވިޔަފާރި އެކައުންޓުތައް ހުޅުވުމުގެ ޚިދުމަތްވެސް ހިމެނޭ ކަމަށެވެ.
ބީއެމްއެލްގެ ޑިޖިޓަލް ޗެނަލްތަކުން 24 ގަޑިއިރު ލިބޭނެ ޚިދުމަތްތަކުގެ ތެރޭގައި ފައިސާ ޖަމާކުރުމާއި, ނެގުން، ފައިސާ ޓްރާންސްފާ ކުރުން، ލޯނާއި ފައިނޭންސް އަދި ކްރެޑިޓް ކާޑަށް ފައިސާ ދެއްކުން، އަދި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުން ހިމެނޭކަމަށް ބީއެމްއެލުން ބުންޏެވެ.
އަންނަ މަހުގެ 1 އިން ފެށިގެން އިތުރު ޚިދުމަތްތަކެއް ތަޢާރަފުކުރުމަށް ބޭންކުން ވަނީ ނިންމާފައެވެ. މީގެ ތެރޭގައި އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އޮންލައިންކޮށް އެކައުންޓު ހުޅުވުމާއި، ހުރިހާ ބާވަތެއްގެ ލޯނަށް އެދި އޮންލައިންކޮށް ހުށަހެޅުން ހިމެނެއެވެ.
ބޭންކުން އިތުރަށް ބުނީ ކަސްޓަމަރުންނަށް ފަސޭހަކުރުމަށް އިތުރު ބަދަލުތަކެއް ގެންނަންވެސް ނިންމާފައިވާ ކަމަށެވެ. މީގެ ތެރޭގައި ކާޑު ނަގަން ބޭންކަށް ދާންނުޖެހޭ ގޮތަށް ކަސްޓަމަރުގެ ގެއަށް ކާޑު ފޮނުވައިދިނުމާއި، ވިޔަފާރިތަކަށް ފައިސާ ޖަމާކުރުމުގެ މުއްދަތު ކުރުކުރުން ހިމެނެއެވެ.
ކުރިއަށް އޮތް ރަމަޟާން މަހާއި އަދި ސައްވާލުމަހުގެ ފުރަތަމަ 7 ދުވަހު ކޮންމެހެން ބޭންކުގެ ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ތަނަވަސްކޮށްދިނުމަށް އެދުވަސްތަކުގައި ހެދުނު 9.30 ން 12.30 އަށް ބޭންކު ހުޅުވިފައި ހުންނާނެކަމަށްވެސް ބޭންކުން ބުންޏެވެ.
ބީއެމްއެލްއިން ވަނީ ގޭގައި ނުވަތަ އޮފީހުގައި ތިބެގެން ފަސޭހަކަމާއި ރައްކާތެރިކަމާއެކު ބޭންކުގެ ޚިދުމަތްތައް ހޯދުމަށް ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ.
ރިއެކްޝަންސް






