އައިފޯން 16 ގެ ޕްރީ އޯޑަރު ނެގުން މިމަހު 13 ގައި
ދިގު އިންތިޒާރާކަށްފަހު ހޯމަ ދުވަހު އައިފޯން 16 ލޯންޗް ކޮށްފިއެވެ. އެޕަލް އިންޓެލިޖެންސްގެ އާޓިފިޝަލް އިންޓެލިޖެންސް(އޭއައި)ގެ ވަރުގަދަ ޝޯވ އަކާއެކު އައިފޯން 16ގެ ހަތަރު މޮޑެލް ވަނީ ތަޢާރަފްކޮށްފައެވެ. އައިފޯނު 16 ގެ އެންމެ ޙާއްސަ ކަމަކީވެސް ބޭނުންކޮށްފައިވާ އޭއައި ފީޗާސްތަކެވެ.
އެގޮތުން އައިފޯން 16ގައި ސިރީ ޕަރސަނަލް އެސިސްޓަންޓް އިތުރަށް ވަނީ ތަރައްގީކޮށްފައެވެ. ކެމެރާ ކޮންޓްރޯލް ބަޓަނެއްވެސް ހިމެނެއެވެ. އައިފޯނު 16 ގެ ކެމެރާއިން ނަގާ ފޮޓޯ ނުވަތަ ތަކެތި އަމިއްލަ ޒާތުގައި އައިޑެންޓިފައި ކޮށްދޭނެއެވެ. ސިރީ އެންހޭންސްމަންޓް އޮތީ ކުރިއަށް އޮތްތަނުގައި ތަރައްޤީވެގެން ދާގޮތަށް ބައްޓަން ކޮށްފައެވެ.
މި ފީޗާ ތަރައްގީވެގެންދާއިރު އީމެއިލްތަކަށް ސްޓެންޑަޑް ރިޕްލައިކުރުމާއި, ބްލޮގް ސްޕޮޓާއި ޕްރެޒެންޓޭޝަން ޑްރާފްޓް ތައްޔާރުކޮށްދިނުމާއި, އާޓް ވަރކާއި އިމޯޖީ ވެސް ބޭނުންގޮތަކަށް ޑިޒައިން ކޮށްދޭނެއެވެ. އައި އެޕަލް ޔޫސަރުންނަށް ޗެޓް ޖީޑީޕީ އެކްސެސްވެސް ލިބޭނެއެވެ.
އައިފޯން 16 ގައި ހިމެނޭ އޭއައިގެ އިތުރު ފީޗާއަކަށް ބަލާއިރު ފޯނުން ފޮޓޯއެއް ނަގަން ސެޓްކުރާއިރު އެފޮޓޯ އެންމެ ރީތިކޮށް ނެގޭނެގޮތްވެސް ކިޔާދޭނެއެވެ. އަދި ޕްރޮފެޝަނަލްކޮށް ވީޑިއޯ އަދި އޯޑިއޯ އެޑިޓްވެސް ކުރެވޭނެއެވެ.
އައިފޯން 16 ގެ ސައިޒަކީ 6.1 އިންޗިއެވެ. އަދި 16 ޕްލަސްގައި 6.7 އިންޗި ހުންނާނެއެވެ. ޕްރީމިއަމް ވަރޝަންގެ ސްކްރީން ގައި 6.3 އިންޗި އަދި 6.9 އިންޗި ހުންނާނެއެވެ. މި ފޯނުތައް ޖީޕީޔޫ ކުރީގެ ފޯނުތަކަށްވުރެ 40 އިންސައްތަ ހަލުވިވާނެއެވެ. އަދި ގްލާސް ސެރަމިކް ސްކްރީން ކުރީގެ ފޯނުތަކާ އަޅާބަލާއިރު 50 އިންސައްތަ ވަރުގަދަވާނެއެވެ.
ފޯންގެ ސިސްޓަމް މެމޮރީއާއި ބެޓެރީގެ ކެޕޭސިޓީވެސް އިތުރުކޮށްފައިވާއިރު, އައިފޯން 16 ގައި މުޅިންވެސް ހިމެނެނީ ޓައިޓޭނިއަމްގެ ކުލަތަކެވެ. އޭގެ ތެރޭގައި ނެޗުރަލް ޓައިޓޭނިއަމް އަދި ކަލާޑް ޑޭޒާޓް ޓައިޓޭނިއަމް ހިމެނެއެވެ. މީގެ އިތުރުން ވައިޓް އަދި ޑާކް ޓައިޓޭނިއަމްވެސް ހިމެނެއެވެ. އައިފޯން 16 ފްރޯގައި ޓީލް އަދި ޕިންކް ކުލަ ހިމެނޭއިރު ސިލްވަރ އަދި ޑެޒާޓް ކުލަތައް ހިމެނޭނީ ޕްރޯ މެކްސްގައެވެ.
އެޕަލް އިން ވަނީ އައިފޯން 16 ގެ ހަތަރު މޮޑެލް ބާޒާރާށް ނެރެން ތައްޔާރުވެފައެވެ. އައިފޯން 16 ގެ އަގުތައް ފެށެނީ 799 ޑޮލަރުންނެވެ. 16 ޕްލަސްގެ އަގުތައް 899 ޑޮލަރުން ފެށޭއިރު އައިފޯން 16 ޕްރޯގެ އަގުތައް ފެށޭނީ 999 ޑޮލަރުންނެވެ. އައިފޯން ޕްރޯ މެކެސްވެސް ބާޒާރަށް ނެރޭއިރު އެ މޮޑެލް އަގު ފެށޭނީ 1199 ޑޮލަރުންނެވެ.
އެޕަލްއިންބުނީ ސެޕްޓެމްބަރު 13 ން ފެށިގެން އެމެރިކާ އަދި ޔޫކޭއިން އައިފޯން 16 އަށް ޕްރިއޯޑާ ކުރެވޭނެ ކަމަށެވެ. އަދި ސެޕްޓެމްބަރު 20 ން ފެށިގެން އެޕަލްގެ ސްޓޯރ ތަކުން އައިފޯން 16, 16 ޕްލަސް, ޕްރޯ އަދި ޕްރޯމެކްސް ވެސް ލިބެން ހުންނާނެއެވެ.
ކެލިފޯނިއާގައި ބޭއްވި ހަފްލާގައި އެޕަލްއިން ވަނީ އެޕަލްގެ އާ ގަޑި އާއި އެއަރޕޮޑްސްވެސް ދައްކާލާފައެވެ. އެޕަލް ވޮޗް 10 ގެ އަގަކީ 399 ޑޮލަރެވެ. އެއަރ ޕޮޑްސްގެ އަގުއުޅޭނީ 129 ޑޮލަރާ 179 ޑޮލަރާ ދެމެދުގައެވެ.
ރިއެކްޝަންސް