
ރަސްފަންނު ސަރަހައްދު މޫދަށް ކަޅުތެޔޮ އެޅިފައި، އެތަނަނަށް އެރުން ރައްކާތެރިއެއް ނޫން: ފުލުހުން
މާލޭ ރަސްފަންނު ސަރަހައްދު މޫދަށް ކަޅުތެޔޮ އެޅިފައިވާތީވެ، އެސަރަހައްދަށް މޫދު އެރުމަކީ ރައްކާތެރިކަމެއް ނޫންކަމަށް ދިވެހިރާއްޖޭ ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ރަސްފަންނު މޫދަށް ކަޅު ތެޔޮ އަޅާފައިވާ މައްސަލައެއް ބަލަމުން އަންނަ ކަމަށާއި، އަދި ސަރަހައްދަށް މޫދަށް ނޭރެން އާންމުންނަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ކަމާ ގުޅޭ އިދާރާތަކުގެ އޮފިސަރުން ގުޅިގެން އެ ސަރަހައްދު ބަލަހައްޓައި، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވި ނަމަވެސް ސަރަހައްދަށް ކަޅުތެޔޮ އެޅިފައިވާ ސަބަބެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.
ރިއެކްޝަންސް






