ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުތަކުގެ އަދަދު ދެގުނަ އިތުރުވެއްޖެ

ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުތަކުގެ އަދަދު ދެގުނަ އިތުރުވެއްޖެ

2 hours ago - 16:30

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރާ ޕްރައިވެޓް ޖެޓުތަކުގެ އަދަދު ފާއިތުވި ދެ ހަފުތާގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާކަން ހާމަވެއްޖެއެވެ.


މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ، މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މި ހިނގާ މާރިޗު މަހުގެ 14 ވަނަ ދުވަހާ ހަމައަށް ޖުމްލަ 128 ޕްރައިވެޓް ޖެޓު ރާއްޖެއަށް ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 166 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް އައިސްފައިވަނީ އެންމެ 70 ޕްރައިވެޓް ޖެޓެވެ.

މިދިޔަ އަހަރުގެ މާރިޗު މަހުގެ ފުރަތަމަ ދެ ހަފުތާގައި ދުވާލަކު އެވްރެޖުކޮށް ރާއްޖެއަށް އައީ 5 ޖެޓެވެ. އަދި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނައިން އައިސްފައިވަނީ 9 ޖެޓެވެ. ނަމަވެސް، މިއަހަރުގެ މި މުއްދަތުގައި އެވްރެޖުކޮށް ދުވާލަކު 12 އަށްވުރެ ގިނަ ޖެޓު ރާއްޖެއަށް އަންނަނީ ދަތުރުކުރަމުންނެވެ. އޭގެ ތެރެއިންވެސް އެންމެ ގިނަ ޖެޓު އައިސްފައިވަނީ މި މަހުގެ 3 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 18 ޕްރައިވެޓް ޖެޓު ރާއްޖެއަށް އައިސްފައިވެއެވެ.


ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުތަކުގެ އަދަދު މިހާ ބޮޑަށް އިތުރުވެފައިވާ ސަބަބާ ގުޅޭގޮތުން މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އިން ބުނެފައިވަނީ، މީގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ކަމަށެވެ. 

Advertisement
Advertisement

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow