އެސްއީޒެޑްގެ ދަށުން ހިންގޭ ފުރަތަމަ މަޝްރޫއުގެ އެއްބަސްވުމުގައި ރާއްޖޭން ސޮއިކޮށްފި

އެސްއީޒެޑްގެ ދަށުން ހިންގޭ ފުރަތަމަ މަޝްރޫއުގެ އެއްބަސްވުމުގައި ރާއްޖޭން ސޮއިކޮށްފި

މި އެއްބަސްވުމުގައި ސޮއިކުރީ ސިންގަޕޫރުގައި މިހާރު ކުރިއަްދާ ބިޒްނަސް ފޯރަމްގައި

5 hours ago - 11:23
Jul 1, 2025 - 11:33

ދިވެހިރާއްޖޭގެ ހާއްސަ އިގްތިޞާދީ ސަރަހައްދު (ސްޕެޝަލް އިކޮނޮމިކް ޒޯން(އެސްއީޒެޑް)ގެ ދަށުން ފުރަތަމަ ފަހަރަށް މަޝްރޫއުއެއް ހިންގުމަށް ކެނަޑާގެ ކުންފުންޏަކާއެކު ސޮއިކޮށްފިއެވެ. އެސްއީޒެޑްގެ ފުރަތަމަ މަޝްރޫއުގެ ގޮތުގައި ސޯލާ ސިޓީގެ މަޝްރޫއެއް ހިންގުމަށް ދިވެހި ސަރުކާރުން މިއަދު ސޮއިކޮށްފައިވަނީ ކެންޑާގެ އަބްރަކްސަސް އާއެެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރިއަށް ގެންދާ މޯލްޑިވްސް ބިޒްނަޒް ފޯރަމްގައެވެ. 

މިއަދު ފެށި މި ފޯރަމްގެ ތެރެއިން ބޭއްވި ރައްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވަޒީރު, ތޯރިގް އިބްރާހިމްއެވެ. އަބްރަކްސަސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޖޭމްސް ކޯލްޓަރ އެޑީއެވެ. 

ރަސްމިއްޔާގައި ސަރުކާރުން ވަނީ އެ މަޝްރޫއުގެ ދަށުން 100 މެގަވޮޓްގެ ސޯލާ ހަކަތަ އުފެއްދި ތެލަށް ކުރާ ހަރަދުގެ 42 އިންސައްތަ  ސަލާމަތްކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. 

Advertisement
Advertisement

މަޝްރޫއު ނިންމަން ކަނޑައަޅާފައި ވަނީ 2027 ގައެވެ. މަޝްރޫއު ނިމުމާއެކު 2028 ގައި ރާއްޖޭގެ ކަރަންޓްގެ 33 އިންސައްތަ އަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ވެވެޑައިގެންފައިވާ ވައުދުފުޅުގެ ބޮޑު ބައެއް ފުރިހަމަވާނެއެވެ.  މިއީ 187 މިލިއަން ޑޮލަރު އިންވެސްމަންޓެކެވެ.

ފޯރަމްގެ ތެރެއިން އިތުރު އެއްބަސްވުންތަކުގައި ސޮއިކުރިވިގެންދާނެ ކަމުގައި ސަރުކާރުން ވަނީ ބުނެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow