
ރ. އަތޮޅުގެ ދެ ރަށް މަޑުއްވަރީ އާއި މީދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައިފި
ރ. އުފުލަންދޫއަކީ ރ. ބައެއްކަމަށާއި، ރ. ތާވަތާއަކީ ރ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން ވިދާޅުވިގޮތުގައި މި ނިންމުން ނިންމަވާފައިވަނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މި ނިންމެވުމުގެ މަޤްޞަދަކީ އެ ދެ ރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ޙައްލު ހޯދައިދިނުމާއި، ރަށުގެ އިޤްތިޞާދީ މަސައްކަތްތައް ކުރާ ތަންތަން ރަށުން ބޭރަށް ބަދަލުކުރުމެވެ. މިއީ ޢާންމު ސިއްޙަތަށްވެސް އެންމެ ރަނގަޅު ޙައްލުކަމުގައި ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުންނަން ނުޖެހޭ ހުރިހާ ތަނެއް މި ރަށްތަކަށް ބަދަލުކުރުމަށް އެދިވަޑައިގެންފައެވެ. އަދި ރައްޔިތުންގެ އެންމެ އިސް އެދުންތަކަށް އަވަސް ޙައްލު ހޯދައިދިނުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު އެމަނިކުފާނު ގެންދަވަނީ ރަށްތަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ ހާލު ބައްލަވައި، އެރަށްތަކުގެ ރައްޔިތުން އެންމެ އެދޭކަންކަމަށް ވީއެންމެ އަވަސް ޙައްލުތައް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ.
ރިއެކްޝަންސް






