މަސްވެރިކަން ތަރައްޤީކުރަން އުފެއްދި ކުންފުނީގެ އާ އެމްޑީއަކަށް ޑޮކްޓަރ މުޙައްމަދު އިބްރާޙިމް
މަސްވެރިކަން ތަރައްޤީކުރަން ވަކި ކުންފުންޏެއް އުފެއްދީ މިދައުރުގައި

މަސްވެރިކަން ތަރައްޤީކުރަން އުފެއްދި ކުންފުނީގެ އާ އެމްޑީއަކަށް ޑޮކްޓަރ މުޙައްމަދު އިބްރާޙިމް

8 months ago - 14:17
Sep 14, 2025 - 14:17
Advertisement
Advertisement

މަސްވެރިކަން ތަރައްޤީކުރަން އުފެއްދި ކުންފުނީގެ އާ އެމްޑީއަކަށް ޑޮކްޓަރ މުޙައްމަދު އިބްރާޙިމް އައްޔަންކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ވިދާޅުވީ ހަމައެކަނި އެބަދަލު ގެންނެވި ކަމަށެވެ. އދ.މާމިގިލި ޑރ.މުޙައްމަދު އިބްރާހީމް އައްޔަންކުރެއްވީ އެމްޑީގެ އިތުރުން ބޯޑް މެމްބަރު ކަމަށެވެ. ޑރ.މުޙައްމަދު އިބްރާހީމް އަކީ ކުރިން ބްރޯޑްކާސްޓިންގ ކޮމިޝަންގެ ސެކެޓްރީ ޖެނެރަލްކަންވެސް ކުރެއްވި ބޭފުޅެކެވެ.

މަސްވެރިކަން ތަރައްޤީކުރަން އުފެއްދެވި މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމް ހުސްވީ ކުރިން އެމަގާމްގައި ހުންނެވި އަހުމަދު ޒަރީރު އިސްތިއުފާ ދެއްވުމުންނެވެ. ޒަރީރު ވަނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކެޓްރީގެ މަގާމާ ހަވާލުވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement