3200 ދަރިވަރުންނަށް އޭލެވެލްއަށް ކިޔެވުމުގެ ފުރުޞަތު ދީފި
އެޑިއުކޭޝަން މިނިސްޓަރ އިސްމާއީލް ޝަފީއު: ފޮޓޯ-އެޑިއުކޭޝަން މިނިސްޓްރީ

3200 ދަރިވަރުންނަށް އޭލެވެލްއަށް ކިޔެވުމުގެ ފުރުޞަތު ދީފި

4 hours ago - 15:18
Sep 14, 2025 - 15:19
Advertisement
Advertisement

3200 ދަރިވަރުންނަށް އޭލެވެލްއަށް ކިޔެވުމުގެ ފުރުޞަތު ދީފިއެވެ. އެދަރުވަރުންނާއެކު އޭލެވެލްގެ ކިޔެވުން ފަނީ ފަށާފައެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ.އިސްމާއީލް ޝަފީއު ދައުލަތުގެ މީޑިޔާގައި ވިދާޅުވީ 2023 ވަނަ އަހަރު ގްރޭޑް 10 ގައި ތިބިކަމަށް ރެކޯޑްތަކުން ފެންނަނީ 6700 އެއްހާ ދަރިވަރުން ކަމަށެވެ. އޭގެތެރެއިން 3100 އެއްހާ ދަރިވަރުން އޭލެވެލްއަށް ކިޔެވުމުގެ ފުރުޞަތު ދެވުނު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެއީ ވަރަށްބޮޑު ކާމިޔާބީއެއް އަދި ކުރިއެރުމެއް ކަމަށެވެ.

މިއަހަރު އިތުރު 13 ސްކޫލެއްގައި އޭލެވެލް އަށް ކިޔެވުން ފެށޭކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ރަށްރަށުގެ ގިނަ ސްކޫލްތަކަކުން އެކަމަށް ރިކްއިސްޓްވެސް ލިބުނު ކަމަށެވެ. އެ 13 ސްކޫލާއެކު މިއަހަރު އޭލެވެލްއަށް ކިޔަވައިދޭ ސްކޫލްތަކުގެ އަދަދު 66 އަށް އަރާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެންމެބޮޑު ކާމިޔާބީއެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ މަތީސާނަވީއަށް ކިޔެވުމުގެ މުހިއްމުކަން ދަރިވަރުންނާއި ބެލެނިވެރިންވެސް ގަބޫލުކުރުމެވެ.

" ކުރިން ގަބޫލުކުރެވިފަ އޮތީ މަތީ ސާނަވިއަށް ދިއުމަކީ އެހާ މުހިއްމު ކަމެއް ނޫނޭ. ސިޔާސަތަށް ގެނެވުނު ބަދަލާއި, ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މަތީ ސާނަވިއަށް ކިޔެވުމުގެ ޝައުގުވެރިކަން ބޮޑުވެއްޖެ. ދަރުވަރުންނާއި ބެލެނިވެރިންވެސް ފުރުޞަތު ބަލައިގެންފި. ރައީސްގެ މެނިފެސްޓޯގައިވެސް އޮތް ސިޔާސަތު މިއީ." ވަޒީރު ވިދާޅުވިއެވެ.

Advertisement
Advertisement

އޭލެވެލްއަށް ކިޔެވުމުގެ ފުރުޞަތު ފަހިވެގެންދިޔަ މިންވަރު އިތުރުވުމުގެ ނަތީޖާއަކަށް ވެގެންދާނީ ޒުވާން ކުދިން ސްކޫލްގެ ތެރެއިން އަދި ސްކޫލްގެ މާހައުލުގެ ތެރެއިން އުގެނުމުގެ ފުރުޞަތުތައް ފަހިކޮށްދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ. ދަރިވަރުން ބާކީކޮށް, މަގުމައްޗަށް ދޫކޮށްލުމަށްވުރެ ރަސްމީ ތައުލީމްގެ ނިޒާމްގެ ތެރެއިން ފުރުޞަތު ފަހިކޮށްގެން އުއްމީދުތަކެއް ދެވިއްޖެނަމަ ފައިދާ މާބޮޑުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" އެކުދިންނަށް އެހީތެރިވެދީގެން މަސައްކަތްކޮށްދީފިއްޔާ ހަމަ ޔަގީނަށްވެސް ހިޔުމަން ޑިވެލޮޕްމަންޓް ކެޕިޓަލްއަށްވެސް ފަސޭހަވާނެ. އަދި އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރަންވެސް ފަސޭހަވާނެ. އަދި އޭގެސަބަބުން މުޅި ގައުމަށް އޭގެ ހެވާލާބަ ފެންނާނެކަން އަޅުގަނޑަށް ޔަގީން." ވަޒީރު ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement