ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހި ނިންމައި، މިއަދު އާންމުންނަށް ހުޅުވާލަނީ
ބޮޑުތަކުރުފާނު މަގު: ފޮޓޯ- އެޓޯލް ޓައިމްސް

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހި ނިންމައި، މިއަދު އާންމުންނަށް ހުޅުވާލަނީ

2 hours ago - 16:16
Feb 15, 2026 - 16:17
Advertisement
Advertisement

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ކުރިއަށްދިޔަ މަސައްކަތްތައް މުޅިން ނިންމާލައި، އެ ސަރަހައްދު މިއަދު އާއްމުންނަށް ހުޅުވާލާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.


ސަރުކާރުން ކުރިއަށްގެންދާ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ތެރެއިން، ބޮޑުތަކުރުފާނު މަގުގެ މި ފިޔަވަހީގައި ހިމެނެނީ ދަތުރުވެރިންގެ މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް އޮތް ސަރަހައްދަށެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ޚާއްސަކޮށް މާރުކޭޓު ސަރަހައްދަކީ މާލޭގެ އެންމެ ބާރުބޮޑު އެއް ސަރަހައްދަށް ވެފައި، ކުރިއަށް އޮތް ރަމަޟާން މަހަކީ އެ ސަރަހައްދަށް އާދަޔާޚިލާފަށް ބާރުބޮޑުވާނެ ދުވަސްވަރަކަށް ވާތީ، މި މަސައްކަތް އަވަހަށް ނިންމާލުމަށް ސަރުކާރުން ވަނީ ޚާއްސަ އިސްކަމެއް ދީފައެވެ.


މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން، ކުރިން ހަނިކޮށް އޮތް އެ ސަރަހައްދު ފުޅާކޮށް، ދުއްވާ އެއްޗިއްސަށާއި ހިނގާ މީހުންނަށް ފަސޭހަވާނެހެން ވަނީ ބަދަލުތައް ގެނެސްފައެވެ. މި ބަދަލާއެކު މާރުކޭޓު ސަރަހައްދުގައި އުފެދޭ ޓްރެފިކްގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

Advertisement
Advertisement

މަގު ހުޅުވާލުމާއެކު ދަތުރުވެރިންނަށާއި، މުދާ އުފުލާ ފަރާތްތަކަށް ކުރިއަށްވުރެ ބޮޑަށް ފަސޭހަވެ، ވިޔަފާރީގެ މުހިންމު މި ސަރަހައްދުގެ ހަރަކާތްތަކަށް އިތުރު ދިރުމެއް ލިބޭނެ ކަމަށެވެ. ބޮޑުތަކުރުފާނު މަގުގެ އެކި ބައިތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement