ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެއްޗާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި

ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެއްޗާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި

11 hours ago - 11:25
Advertisement
Advertisement

ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވަގު ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމުގެ އިތުރުން، އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.


މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ. އެއީ އެމްޑީ ފަޒްލީ ރަބީ (25އ) އާއި، އެމްޑީ ޝަހަޖަން ސަވަލް (36އ) އެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ދެމީހުން ހައްޔަރުކޮށްފައިވަނީ ހާއްސަ އޮޕަރޭޝަނެއްގެ ދަށުން ސަފާރީއެއް ބަލައިފާސްކުރުމަށްފަހުގައެވެ.


މި އޮޕަރޭޝަނަކީ މިދިޔަ އާދީއްތަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހަރަކާތެކެވެ. އެ ސަފާރީ ބަލައިފާސްކުރިއިރު، އެތަނުން 207 ފުޅި ބަނގުރަލާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 4.43 ގުރާމް ހުރިކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން، އެ ބޯޓުން ގިނަ އަދަދެއްގެ ދިވެހި ފައިސާއާއި ޔޫއެސް ޑޮލަރުވެސް ވަނީ ފެނިފައެވެ.


މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ދެމީހުންވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ.
ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement