މިއީ މަސްވެރިންނާ އެންމެ ގާތުން މަސައްކަތްކުރި ސަރުކާރު: ޝިޔާމް

މިއީ މަސްވެރިންނާ އެންމެ ގާތުން މަސައްކަތްކުރި ސަރުކާރު: ޝިޔާމް

8 hours ago - 12:37
Advertisement
Advertisement

ވެރިކަމަށް ތިން އަހަރު ފުރުނުއިރު މަސްވެރިންގެ ބޮޑެތި ކަންބޮޑުވުންތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހައްލު ހޯއްދަވައިދެއްވާފައިވާ ކަމަށާއި، މިއީ މަސްވެރިންނާ އެންމެ ގާތުން މަސައްކަތްކުރި ސަރުކާރު ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރަކީ މަސްވެރިންނާއި އެ ދާއިރާގެ އާއިލާތަކަށް އުފާފާގަތިކަން ގެނެސްދިން ދުވަސްތަކެއް ކަމަށެވެ.

މަސްވެރިންނަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކިރާ މަހަށް ފައިސާ ނުލިބި ދިގުލައިގެން ދިއުންކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ އިސްކަމެއް ދެއްވީ މިފްކޯއިން މަސްވެރިންނަށް ނުދެވި ހުރި ފައިސާ ހަލާސްކުރުމަށް ކަމަށެވެ. އެގޮތުން ވެރިކަމަށް އަހަރެއް ނުވަނީސް އެ ބާކީ ހުރިހާ ފައިސާއެއް ދައްކައި ހަލާސްކޮށް، މިހާރު 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުކުރާ މަހުގެ އަގު އެއްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ:

"ސާޅީހަކަށް އަހަރުވީ އެންމެ ފެކްޓްރީއަކާ އެކީގައި ރާއްޖެއިން ބޭރުކުރާ މަހުގެ 85 ޕަސެންޓް މި ބޭރުކުރަނީ ރޯ މަހުގެ ގޮތުގައި. އެހެންކަމުން ރާއްޖޭގައި އަގު އެއްކުރެވޭނެ ގޮތަށް ވަސީލަތްތައް ގާއިމްކުރެވެން ޖެހޭ، ފެކްޓްރީތައް އިތުރުކުރަން ޖެހޭ. އެގޮތުން ރާއްޖޭގައި މިހާރު ތިން ފެކްޓްރީއެއްގެ މަސައްކަތް އެބަދޭ ކުރިއަށް،" ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖްގެ ޖާގަ ނެތުމުގެ ދަތިކަން ހައްލުކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޯލްޑް ސްޓޯރޭޖް ގާއިމްކުރުމުގެ މަޝްރޫއުތައް ހިންގަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުން މިހާރު ވެސް 21 ރަށެއްގައި އައިސްޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޝިޔާމް ފާހަގަކުރެއްވި އެވެ. އަދި މި ފަސް އަހަރުގެ ދައުރު ވެގެންދާނީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ އައިސްޕްލާންޓް އެޅި ސަރުކާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement