ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

1 hour ago - 23:02
Advertisement
Advertisement

ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކުއްޔަށް ދިނުމާއި، ވަރުވާއަށް ލިޔެދިނުމާ ގުޅޭ އުސޫލުތައް ބަޔާންކުރާ "ދިވެހިރާއްޖޭގެ ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލު" ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފި އެވެ.


ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެވެ.


މި ބިލުގެ މައިގަނޑު މަޤްޞަދަކީ އެކި ބޭނުންތަކަށް ފަޅުރަށްރަށާއި ފަޅުތައް އެކަށައެޅުމުގެ އުސޫލުތަކާއި، އެފަދަ ތަންތަން ކުއްޔަށް ދިނުމުގެ ޝަރުތުތަކާއި އިޖުރާއަތުތައް ކަނޑައެޅުމެވެ. އަދި ވަކި ބޭނުމަކަށް އެކަށައެޅިފައިނުވާ ފަޅުރަށްރަށް ބެލެހެއްޓުމަށްޓަކައި ވަރުވާއަށް ލިޔެދިނުމާ ގުޅޭ އުސޫލުތަކާއި، އެފަދަ ތަންތަނާ ގުޅޭގޮތުން ހިނގާނެ ޢާންމު އަދި ޚާއްޞަ އުސޫލުތައް ބަޔާންކުރުމެވެ.


މި ބިލުގައިވާ ގޮތުން ފަޅުރަށްރަށް މައިގަނޑު ގޮތެއްގައި އެކަށައެޅޭނީ ފަތުރުވެރިކަމުގެ ބޭނުމަށާއި، ސިނާޢީ ބޭނުމަށާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން އިޤްތިޞާދީ، އިޖްތިމާޢީ އަދި ދައުލަތުގެ ބޭނުންތަކަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement