ކޮންޓެންޓް ކްރިއޭޓަރުންނަށް ލުއި ލޯނު ދެނީ
ރައީސް މުއިއްޒު ޕޮޑްކާސްޓެއްގައި މައުލޫމާތު ހިއްސާކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

ކޮންޓެންޓް ކްރިއޭޓަރުންނަށް ލުއި ލޯނު ދެނީ

3 hours ago - 19:13
Sep 14, 2025 - 19:13
Advertisement
Advertisement

ކޮންޓެންޓް ކްރިއޭޓަރުންނަށް ލުއި ލޯނު ދޭން ނިންމާ, އެކަމުގެ ފަންނީ މަސައްކަތްތައް ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ ކޮންޓެންޓް ކްރިއޭޓަރުންނަށް ލުއި ލޯނު ދެނީ މެނިފެސްޓޯގައިވާ ވައުދު ފުއްދެވުމަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މެނިފެސްޓޯ ގައިވާ ވަޢުދު ތަކުގެ ތެރެއިން ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށްގެން ލުއިލޯނު ދިނުމުގެ ސްކީމެއް ހުޅުވާލުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނިމުމަކާ ހަމަޔަށް ގޮސްފައިވާ ކަމަށެވެ.

މި ލޯނު ސްކީމް ގެ މަޤްޞަދަކީ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެދާއިރާގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުންކަމަށް ރައީސް ވިދާޅުވިއެވެ.

މީގެތެރޭގައި، މީޑިއާ ކޮންޓެންޓް، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، އެންޓަރޓެއިންމަންޓްގެ އިތުރަށް ސޭލްސްއާއި މާކެޓިންއަށް ޚާއްސަ ކޮންޓެންޓްގެ ދާއިރާއަށް ފުރުސަތު ލިބޭގޮތަށް މި ސްކީމް ޑިޒައިންކޮށް، ކުރިޔަށް 2 ހަފްތާ ތެރޭގައި ހުޅުވާލަން ދަންނަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement
Advertisement

މިފަދަ ނިންމެވުމެއް ތަންފީޒުކުރައްވާކަން ރައީސް މިއިއުލާނުކުރެއްވީ މިހާރު ރައްޔިތުންގެ މަޖިލިހުގައި އޮތް މީޑިޔާ ބިލުން ކޮންޓެންޓް ކްރިއޭޓަރުންނަށްވެސް ހުރަސް އެޅޭކަމަށް ނޫސްވެރިންގެ ޖަމްއިއްޔާ އާއި ބައެއް ކޮންޓެންޓް ކްރިއޭޓަރުންނާއި އިދިކޮޅު ފަރާތްތަކުންވެސް ބުނަމުން ދަނިކޮށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement