ޒަކާތު ހައުސްއާއި މެލޭޝިޔާގެ އިސްލާމީ ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
އެއްބަސްވުމުަގއި ސޮއިކުރުމުގެ ތެރެއިން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޒަކާތު ހައުސްއާއި މެލޭޝިޔާގެ އިސްލާމީ ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

4 hours ago - 20:40
Apr 29, 2025 - 20:43
Advertisement
Advertisement

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އާ ދެމެދު މީހުން ބިނާކުރުމުގެ ދާއިރާއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ޝައީދެވެ. އަދި މެލޭޝިއާގެ އައިއައިޔޫއެމް ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ރެކްޓަރ ޕްރޮފެސަރ ޑރ. އުސްމާން ބަކަރެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ޒަކާތު ހައުސްއެއް އުފައްދަވާ ޒަކާތުގެ ކަންތައްތައް ބެލެހެއްޓޭނެ ރަނގަޅު އިންތިޒާމްތަކެއް ވަނީ ގާއިމުކުރައްވާފައެވެ. އަދި އެކު ޒަކާތާއި މެދު އާއްމުން ހޭލުންތެރި ކުރުވުމަށްޓަކައި ވަރަށް ގިނަ ޕްރޮގްރާމްތަކެއްވެސް ދަނީ ހިންގަވަމުންނެވެ. ނަތީޖާއެއްގެ ގޮތުން މިއަހަރުގެ ރަމަޟާން މަހު ފިތުރު ޒަކާތުގެ ގޮތުގައި ފުރަތަމަ ފަހަރަށް 12.4 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ކޮންމެ މީހަކަށް 4500 ރުފިޔާ ޒަކާތު ފަންޑުން ބަހާފައިވެއެވެ.  

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement