އައިއައިޔޫއެމް އިން  އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފް އެރުވި ފުރަތަމަ ބޭފުޅަކަށް ރައީސް ޑރ.މުއިއްޒު
ރައީސް މުއިއްޒު އަށް ޝަރަފް އަރުވަނީ: ފޮޓޯ-ރައީސް އޮފީސް

އައިއައިޔޫއެމް އިން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފް އެރުވި ފުރަތަމަ ބޭފުޅަކަށް ރައީސް ޑރ.މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ އެޔުނިވަރސިޓީގައި ތަޤުރީރު ކުރެއްވި

6 hours ago - 15:20
Apr 29, 2025 - 15:24
Advertisement
Advertisement

އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (އައިއައިޔޫއެމް) އިން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފް އެރުވި ފުރަތަމަ ބޭފުޅަކަށް ރައީސް ޑރ.މުއިއްޒު ވެވަޑައިގެންފިއެވެ. އެޔުނިވަރސިޓީން މިޝަރަފް ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ އެމަނިކުފާނު މިހާރު މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިޝަރަފް ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ އެޔުނިވަރސިޓީގެ ޕަހަންގ ކޮންސިޓިޓިއުޝަންގެ ހެޑް ޓެންކޫ އަޒީޒާ އައިމިނާ މައިމޫނާ އެވެ. ރައީސުލްޖުމްހޫރިއްޔާއއަށް އެރުވީ ޑޮކްޓަރ އޮފް ފިލޯސަފީއިން އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑުވެލޮޕްމަންޓްގެ ދާއިރާއިންނެވެ.

މިއީ ރާއްޖޭގެ ވަރަށް އިލްމީ ޝަހުސިއްޔަތުންތަކެއް ކިޔަވާވިދާޅުވި ޔުނިވަރސިޓީން މިފަދަ ޝަރަފެއް ދިވެއްސަކަށް އެރުވި ފުރަތަމަ ފަހަރެވެ. އެޔުނިވަރސިޓީން މިޝަރަފް އަރުވާފައި މިވަނީ އެޔުނިވަރސިޓީން ކިޔަވާވިދާޅުވި ބައެއް ދިވެހިން ރައީސުލްޖުމްހޫރިއްޔާއަށް މިޝަރަފް ނާރުވަން ގޮވާލައްވާފައި ވަނިކޮށެވެ.

އެޔުނިވަރސިޓީން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ހޫނު މަރުހަބާއެއްވެސް ދަންނަވާފައެވެ.

Advertisement
Advertisement

ޝަރަފްއެރުވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޤުރީރުވެސް ކުރައްވާފައެވެ. މިއީ ދިވެއްސަކު އެޔުނިވަރސިޓީގައި ތަޤުރީރު ކުރެއްވިވެސް ފުރަތަމަ ފަހަރެވެ.

އައިޔޫއެމް އަކީ 300 އަށްވުރެ ގިނަ ދިވެހިން ގްރެޖްއޭޓްވެފައިވާ ޔުނިވަރސިޓީއެވެ. އަދި ރާއްޖޭގެ މަތީތައުލީމަށް ވަރަށްބޮޑު އެހީތެރިކަމެއްވެސް ވެދެއްވާ ޔުނިވަރސިޓީއެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement