ޓްރާސްޕޯރޓް މިނިސްޓަރުގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅައިފި
ޓްރާންސްޕޯރޓް މިނިސްޓަރ އަމީން

ޓްރާސްޕޯރޓް މިނިސްޓަރުގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅައިފި

23 days ago - 14:50
Apr 29, 2025 - 14:52

 

ޓްރާސްޕޯރޓް މިނިސްޓަރުގެ އިތުބާރުނެތް ކަމުގެ މައްސަލަ އެމްޑީޕީން ހުށަހަޅައިފިއެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު އަހުމަދު ނާޒިލް ވިދާޅުވީ އެމައްސަލަ ހުށަހެޅުއްވީ އެޕާޓީގެ 12 މެމްބަރުންގެ ސޮޔާއެކު ކަމަށެވެ.

ޕީޖީ ގްރޫޕްގެ 9 މެމްބަރުން ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު ނާޒިލް ވިދާޅުވީ އަމީނިގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވީ ގެއެއްގެ ނުވަވަނަ ފަންގިފިލާއިން ޒުވާން އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން އެޕާޓީއަށް ލިބުނު މައުލޫމާތުތަކަށް ރިއާޔަތްކޮށް ކަމަށެވެ.

ޤާނޫނު އަސާސީގައި ވަޒީރުން ކޮށްގެން ނުވާނެ ކަމަށް ބުނާ ގިނަ ކަންތައްތަކެއް ޓްރާންސްޕޯރޓް މިނިސްޓަރުގެ ފަރާތުން ފެނިފައިވާ ކަމަށް ނާޒިލް ވިދާޅުވިއެވެ. މައްސަލަ ހުށަހެޅުއްވީ ޕީޖީ ގްރޫޕްގައި ވަރަށްބޮޑަށް މަޝްވަރާކުރުމަށްފަހު ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީގައި ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ފަސްކުރެވޭ ވަރަށް މެމްބަރުންނެއް ނެތެވެ. ސުޕަރ މެޖޯރިޓީ އޮތީ ސަރުކާރު ހިންގާ ޕީއެންސީގައެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅުއްވާފައި މިވަނީ ޓްރާންސްޕޯރޓް މިނިސްޓަރު ދިރިއުޅުއްވާ ގޭގެ ސީސީޓީވީ ފުޓޭޖް ނެތްކަމަށް ވިދާޅުވެފައި ވަނިކޮށެވެ. އެކަމާ ގުޅިގެން ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. ގަލޮޅު ދެކުނުދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ މައްސަލައިގެ ތަހުގީގަށް ޓްރާންސްޕޯރޓް މިނިސްޓަރު ހުރަސްއަޅުއްވާ ކަމަށެވެ. އަދި ސީސީޓީވީ ހަލާކުވެފަވާކަމަށް ބުނެ, ފުޓޭޟް ފުލުހުންނަށް ނުދިނީކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އިތުބާރެއް މިނިސްޓަރ އަމީނަށް ނެތްކަމަށް ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow