އިންތިޚާބަކާ ނުލައި 69 ގޮނޑި ކޮންގްރެސް ޕާޓީއަށް ކަށަވަރުވެއްޖެ

އިންތިޚާބަކާ ނުލައި 69 ގޮނޑި ކޮންގްރެސް ޕާޓީއަށް ކަށަވަރުވެއްޖެ

2 hours ago - 14:04

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، ވޯޓަކާ ނުލައި 69 ގޮނޑި ކޮންގްރެސް ޕާޓީ (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ.


އިދިކޮޅު އެމްޑީޕީއަށް އިންތިޚާބަކާ ނުލައި ލިބިފައިވަނީ ޖުމްލަ 6 ގޮނޑިއެވެ. އެއީ ލޯކަލް ކައުންސިލްގެ އެއް ގޮނޑިއާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 5 ގޮނޑިއެވެ.


ޕީއެންސީން ވަނީ ލޯކަލް ކައުންސިލްތަކުގެ 28 ގޮނޑިއަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 41 ގޮނޑި ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ހއ. ބާރަށް، އއ. ހިމަންދޫ، އދ. ކުނބުރުދޫ، އދ. މަންދޫ، އދ. ދިއްދޫ އަދި ލ. މުންޑޫ ކައުންސިލުގެ ރައީސްކަމުގެ ގޮނޑި ހިމެނެއެވެ.

މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 މެންބަރުން އަދި ސިޓީ ކައުންސިލްތަކަށް 52 މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަންހެނުންގެ ކޮމިޓީތަކަށްވެސް މި އަދަދަށް މެންބަރުން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 294,937 މީހުންނަށް ލިބިފައިވާއިރު، އިންތިޚާބު ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހަށެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow