ރޯދަމަހުގެ ރަސްމީ މަސައްކަތު ގަޑި ކަނޑައަޅައިފި
މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 13:00 އަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.
ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ދުވަސްތަކާއި، ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 13:00 އަށް ކަމުގައި ވަނީ ކަނޑައަޅާފައެވެ. މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެންމެ ފުރަތަމަ ދެންނެވުމެއް ނެރުއްވާފައިވަނީ 2022 މާރިޗު 6 ގައެވެ.
މި ނިންމުމާއެކު، ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ސަރުކާރުގެ ހުރިހާ އިދާރާތަކެއްވެސް ހުޅުވިފައި ހުންނާނީ ކަނޑައެޅިފައިވާ މި ވަގުތުތަކުގައެވެ.
ރިއެކްޝަންސް









