
ގެއެއްގެ ދެވަނަ ފަންގިފިލާއިން ވެއްޓުނު އަންހެނަކަށް ފަރުވާދެނީ
މާލޭގެ ގެއެއްގެ ދެވަނަ ފަންގިފިލާއިން ވެއްޓުނު އަންހެނަކަށް ފަރުވާދޭން ފަށައިފިއެވެ. އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނީ 42 އަހަރުގެ ދިވެހި އަންހެނަކަށެވެ.
ފުލުހުން ވިދާޅުވީ މައްޗަންގޮޅި ގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލާއިން އަންހެނަކު ވެއްޓުނު ކަމުގެ މައުލޫމާތު ލިބުނީ ރޭ ފަތިތި 4 ޖަހާކަށްހާއިރު ކަމަށެވެ. ވެއްޓުނު އަންހެން މީހާގެ ދެފައިގެ ކުޑަހުޅުން ނެއްޓި 'އޯޕަން ފްރަކްޗަރ' ވެ އަނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.
އަންހެން މީހާ ވެއްޓުނީ ކަމެއް ނުވަތަ މިކަމުގައި ބައެއްގެ އިހުމާލެއް އޮތް ކަމެއް އަދި ގަސްތުގައި ބަޔަކު ކުރިކަމެއް ކަމެއްވެސް ޔަގީނެއް ނޫނެވެ. އެފަދަ މައުލޫމާތެއް ފުލުހުން އަދި ހިއްސާއެއް ނުކުރެއެވެ. ފުލުހުން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ރިއެކްޝަންސް






