
އިޒްރާއިލްއާ އެއްބައިވެ އެމެރިކާއިން އީރާނަށް ބޮންއަޅައިިފި
ފޯޑޯ, އިސްފަހާން އަދި ނަޓަންޒް އަށް ވަނީ ހަމަލާދީފައި
އެމެރިކާގެ ފައުޖުތަކުން އީރާނުގެ "ތިން ނިއުކްލިއަރ ސައިޓަކަށް ކާމިޔާބު ހަމަލާތަކެއް ދީފައިވާނެ" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. އެކްސްގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނެވަނީ އީރާންގެ ފޯޑަން, ނަޓަންޒް އަދި އިސްފަހާން އަށް ހަމަލާ ދިނުމަށްފަހު ހުރިހާ ބޯޓެއްވެސް މިހާރު އީރާނުގެ ސަރަހައްދުން ފެއަށްޖެހިފައިވާ ކަމަށެވެ.
އެމެރިކާއިން އިޒްރާއިލްއާ އެއްބައިވެ ހޮނިހިރު ދުވަހު އީރާންއަށް ހަމަލާދޭން ނިންމު ނިންމުމަކީ ހަނގުރާމަ ދިގުލައި މަދުއިރުމަތީގެ މަޞްރަޙް އިތުރަށް ގޯސްވެގެންދާނެ ކަމެކެވެ.
ހަމަލާތަކަށްފަހު ޓްރަމްޕްގެ މީސްމީޑިއާ 'ޓްރުތް' ގައި ބުނެފައިވަނީ "މިހާރު މިއީ ސުލްހައިގެ ވަގުތުކަމަށެވެ".
ނަމަވެސް އޭގެ ފަހުން އޯވަލް އޮފީހުން އާންމުކުރިން ކުރު ވީޑިއޯއެއްގައި ޓްރަމްޕް ބުނެފައިވަނީ އީރާންގެ މުސްތަޤުބަލް "މިހާރުއޮތީ އަމާން ކަމާއެކު ނުވަތަ ކާރިސާއެއްގައި" ކަމަށެވެ. އަދި އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާދޭނެ ގިނަ ތަންތަން އީރާނުގައި އެބަހުރި ކަމަށެވެ.
"އަސްކަރީ ހަމަލާތަކަކީ ވަރުގަދަ ކާމިޔާބީއެއް. އަހަރެމެންވަނީ އީރާނުގެ އެންމެ މުހިއްމު ނިއުކްލިއަރ ހަކަތަ ފައްކާކުރާ ތަންތަން ހަމަލާދީފައި" ވީޑިއޯގައި ޓްރަމްޕް ބުނެފައި ވެއވެެ.
އެމެރިކާގެ މި ހަމަލާތައް އީރާނަށް ދީފައިވަނީ އިޒްރާއިލްއިން މީގެ ހަފްތާއެއް ކުރިން އީރާނަށް ދިން ކުއްލި ހަމަލާތަކާއެކު ދެފަރާތުންވެސް ހަމަލާތައް ބަދަކުލުރުން ހުއްޓާނުލާ ކުރިއަށް ގެންދާ ގަނޑިވަޅެއްގައެވެ.
އީރާނުން ވަނީ އެމެރިކާއިން އީރާނުގެ ތިން ސައިޓަކަށް ހަމަލާދިންކަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެމެރިކާގެ ހަމަލާއަކުން އީރަން ފަހަތަށް ނުޖެއްސުވޭނެކަމަށް ވަނީ އީރާނުން ވަނީ ބުނެފައެވެ.
ރިއެކްޝަންސް






