ބޮޓްސުވާނާގައި 58 އަހަރު ވަންދެން  ވެރިކަންކުރި ޕާޓީއަށް އިންތިޚާބު ނާކާމިޔާބުވެ, ސިޔާސީ މަޞްރަހަށް ބޮޑު ބަދަލެއް
ބޮޓްސުވާނާގެ އާ ރައީސް ޑޫމާ ބޯކޯ, ފޮޓޯ: ބޯކޯގެ އެކްސް އެކައުންޓް

ބޮޓްސުވާނާގައި 58 އަހަރު ވަންދެން ވެރިކަންކުރި ޕާޓީއަށް އިންތިޚާބު ނާކާމިޔާބުވެ, ސިޔާސީ މަޞްރަހަށް ބޮޑު ބަދަލެއް

1 month ago - 16:02
Nov 2, 2024 - 18:20

ބޮޓްސުވާނާގެ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރިކަން އެޤައުމުގެ އިދިކޮޅު ޕާޓީގެ ކެނޑިޑޭޓް, ޑޫމާ ބޯކޯ އިޢުލާންކޮށްފިއެވެ. މިއާއެކު 58 އަހަރުވަންދެން އެޤައުމުގައި ވެރިކަން ކުރަމުންއައި ޕާޓީގެ ބާރުގެއްލި, މިހާރުގެ ރައީސް މަގްވީޓްސީ މަސީސީގެ ވެރިކަމުގެ ސިއްކަ ޖެހުނީއެވެ.

ބޮޓްސުވާނާގައި މިހާރު ވެރިކަން ކުރަމުން އަންނަ ޕާޓީއަކީ 1966 ގައި އިނގިރޭސިންގެ އަޅުވެތިކަމަށްފަހު އެޤައުމުގައި ވެރިކަން ކުރަމުން އައި ހަމައެކަނި ޕާޓީއެވެ. އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމުގެ ކުރިންވެސް މަސީސީ ވަނީ ބަލި ޤަބޫލުކުރެއްވިކަމަށް ވިދާޅުވެފައެވެ. މަސީސީގެ ބޮޓްސުވާނާ ޑިމޮކްރަޓިކް ޕާޓީއަށް އިންތިޚާބުން ލިބުނީ ހަތަރު ވަނައެވެ. 

ބޮޓްސުވާނާގެ އުއްތަމަ ފަނޑިޔާރު, ޓެރެންސް ރަނޮވާނޭ ވަނީ ރަސްމީކޮށް އިންތިޚާބު ކާމިޔާބުކުރީ އިދިކޮޅު ޕާޓީ އަމްބްރެއްލާ އޮފް ޑިމޮކްރަޓިކް ޗޭންޖް (ޔޫޑީސީ) ކަމުގައި އިޢުލާންކޮށްފައެވެ. މިއާއެކު 58 އަހަރުގެ ބޯކޯ ވަނީ ނޮވެމްބަރު 1 ވަނަ ދުވަހު ވެރިކަމާ ހަވާލުވެ ވަޑައިގެންފައެވެ. 2.5 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބޮޓްސުވާނާ އަކީ ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ޖަވާހިރު ބިމުގެ އަޑިން ނަގާ އެއް ގައުމެވެ. އަދި ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނައިން ގުދުރަތީ ޖަވާހިރު އުފައްދާ ޤައުމެވެ. މުޅި އެފްރިކާ ބައްރުގައިވެސް ދިރިއުޅުމުގެ ފެންވަރު އެންމެ ރަނގަޅު ބޮޓްސްވާނާ އަކީ އެބައްރުގައި އޮތް އެންމެ ހަރުދަނާ ޑިމޮކްރަސީވެސް މެއެވެ. އަދި އަޅުވެތިކަމުގެ ޒަމާނަށްފަހު އެންމެ ބޮޑު ކާމިޔާބު ވާހަކައަކީވެސް ބޮޓްސުވާނާއެވެ. 

ބޮޓްސުވާނާގެ އާ ރައީސް, ބޯކޯ އަކީ ހަވާޑް ލޯ ސްކޫލްގެ ގްރެޖުއޭޓެކެވެ. ބޯކޯ ވަނީ މީގެ ކުރިން 2014 އަދި 2019ގެ އިންތިޚާބުގައިވެސް ވާދަކޮށްފައެވެ. އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ބޯކޯ ވަނީ ހުކުރު ދުވަހު އެކްސްގައި ޔޫޑީސީގެ ކެމްޕެއިން ޕޯސްޓަރަކާއެކު "ބަދަލު މިއޮތީ" ޖަހާ ފޯސްޓެއް ކުރައްވާފައެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow