'ޓިޓް ފޮރ ޓެޓް' އިޒްރާއިލްއާ އީރާން އާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކުރެވުނު ރެއެއް, އަދިވެސް ކުރިއަށް!
އީރާންގެ ސަަޖހްރާންގެ ތެޔޮވަޅުތަކުގައި ރޯވެ އަނދަނީ. ފޮޓޯ: އެކްސް

'ޓިޓް ފޮރ ޓެޓް' އިޒްރާއިލްއާ އީރާން އާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކުރެވުނު ރެއެއް, އަދިވެސް ކުރިއަށް!

އީރާނުގެ ތެލާއި ގޭހުގެ ރިޒާވްތަކަށް އަމާޒްކޮށް އިޒްރާއިލްއިން ގިނަ ހަމަލާތަކެއް ދިން

14 hours ago - 03:01
Jun 15, 2025 - 06:41

އިރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދާތީވެ އިޒްރާއިލްއަށް އޮތް ނުރައްކާ ނައްތާލުމަށް ކަމަށްބުނެ ބުރާސްފަތި ދުވަހު އިޒްރާއިލްއިން އީރާނަށް ދިން ވައިގެ ހަމަލާ ތަކާ ގުޅިގެން ރޭވެސް ދެޤައުމުގެ ދެމެދުގައި ވަރުގަދަ ވައިގެ ހަމަލާތަކެއް ބަދަލުކޮށްފިއެވެ. 

ހަމަލާތައް ހުއްޓުމެއްނެތި އޭގެ ފަހުން ކުރިއަަށް ދާއިރު ކޮންމެ ރެއަކުވެސް ދަނީ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުންނެވެ.

ހޮނިހިރު ދުވަހުގެ އިރާކޮޅު އިޒްރާއިލްއިންވަނީ އީރާންގައި ހުންނަ ކަނޑުގެ ސަރަހައްދުން ނެގޭ ދުނިޔޭގެ އެންމެ ބޮޑު ޤުދުރަތީ ގޭސް ފީލްޑަށް ޑްރޯން ހަމަލާތަކެއް ދީފައެވެ. އީރާނުގެ ސައުތުޕާސް ގޭސް ފާމަކީ އިރާނުގެ ބޭނުންތަކަށާއި އެކްޕޯޓަށް ބޭނުންވާ 70 އިންސައްތަ ގޭސް އުފައްދާ ފާމެވެ. ޤަތަރާ ގުޅިގެން ހިއްސާކުރާ ދުނިޔޭގެ ގޭސް ރިޒާވްގެ ގާތްގަނޑަކަށް 10 އިންސަތައަކީ އީރާނުގެ ސައުތުފާސް އެވެ. 

ހަމަލާއާ ގުޅިގެން އީރާނުންވަނީ އިޒްރާއިލްއަށްވެސް ހަމަ އެފދަ ހަމަލާތަކެއް ދޭނެކަމަށް ވައުދުވެފައެވެ. ރާއްޖެ ގަޑިން ގާތްގަނޑަކަށް 01:10 ހާއިރު އީރާންގެ ހަމަލާތައް ވަނީ އިޒްރާއިލްއަށް އަމާޒުވާން ފަށާފައެވެ.

Advertisement
Advertisement

ރިޕޯޓްތައް ބުނާގޮތުން ހައިޕަސޮނިކް ބެލިސްޓިކް މިސައިލްތަކެއް ހައިފާގެ އިރުމަތީ އައްސޭރީގެ ތަމްރާއަށް ވަނީ އަރާފައެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި ހައިފާއަށް އަމާޒުވަމުންދިޔަ ގިނަ މިސައިލް ހަމަލާތަކާއެކު ހުޅުގަނޑުވެސް ވަރަށް ބޮޑަށް ފެންނަށް ހުއްޓެވެ. ހައިފާއަކީ އިޒްރާއިލްގެ ގޭސް ރުޒާވް ހުންނަ މައި ތަނެވެ 

އިޒްރާއިލް އިން އޭގެ ފަހުން ވަނީ އީރާންގެ  ތެޔޮ ސާފުކުރާ ބްޝެހްރް އަދި އަބަދަން އަށްވެސް ހަމަލާ ދީފައެވެ. ދެގައުމުގެ ވައިގެ ސަރަހައްދުގައި ދޮޅު ގަޑިއެއްހާއިރު ވަންދެން ރައްދު ހަމަލާތައް ވަރުގަދައަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. ފަހުން އީރާންގެ ވެރިރަށް ތެހްރާން އިންވެސް ވަނީ ބޮޑެތި ގޮވުންތަކެއް ފެނިގެން ގޮސްފައެވެ.

އީރާން އިން ބުނެފައި ވާގޮތުގައި އިރުއުތުރު ސަހްރާންގެ ތެޔޮވަޅުތަަކށް އިޒްރާއިލް އިން ދިން ހަަމަލާ ތަކުގައި އެސަހައްދުގައި ރޯވި ނަމަވެސް ވަރަށް އަވަހަށް އެކަން ވާނީ ހައްލުކޮށްފައެވެ.

ހައިފާއަށް ދިން ހަމަލާތަކުގައި 5 މީހަކު އަދި އުތުރު އިޒްރާއިލްއިން 13 މީހަކު ޒަހަމްވިކަމަށް އިޒްރާއިލްއިން ވަނީ ބުނެފައެވެ. ނަވަމެސް އޭގެ ކުރިން އިޒްރާއިލްއިން އީރާނަށް ދިން ހަމަލާތަކުގައި 30 އަސްކަރި އޮފިޝަލުންނާއި ރެޑް ކްރެސެންޓްގެ މެމްބަރަކު މަރުވެފައިވާކަމަށް އީރާނުންވަނީ ބުނެފައެވެ. އަދި އިތުރު 55 މީހަކު ޒަހަމްވެފަައިވާކަމަށްވެސް ބުނެފައި ވެއެވެ.

އީރާނުގެ އެއަރ ޑިފެންސް ސިސްޓަމް އެކްޓިވޭޓް ކޮށްފައިވާއިރު އިޒްރާއިލްއިން އީރާނުގެ އަސްކަރީ ތަންތަނަށާއި, ތެޔޮ ރައްކާކުރާ ގިނަ ތަނަންނަށް އަދި އާންމުންގެ އިމާރާތްތަކަށްވެސް އަމާޒުކޮށް ގިނަ އަދަދެއްގެ ހަމަލާ ދީފައިވާ ކަމުގައި އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.

އިޒްރާއިލްގެ ރޭޑިއޯ އިން ބުނެފައި ވާގޮތުގައި އީރާނުން އަދި އިތުުރު ހަމަލާތަކެއް ދޭނެކަމަށް ބެލެވެއެވެ. 

އިޒްރާއިލްއިން ދެވަނަ ފަހަރަށް ވެރިރަށް ތެޙްރާންގައި ހުންނަ ސަޙްރާން ތެޔޮވަޅުތަކަށް ދިން ހަމަލާތަކުގައި ތެޔޮވަޅުތަކުގައި ރޯވެ ގިނަ އިރުތަކެއް ވަންދެން ވަނީ އަނދާފައި ވެއެވެ. އެސަރަހައްދުން ބޮޑު އަލިފާންގަނޑެއް އަދާ މަންޒަރުތައް ފެނިފައި ވެއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow