މެޑްލީން އިން ދަތުރުކުރި ބައިވެރިންނަށް ވާނީ ކިހިނެތް! އެމީހުން މިހާރުތިބީ ކޮންތާކު!
މެޑްލީން އިން ޣައްޒާއަށް އިންސާނީ އެހީއާއެކު ދަތުރުކުރި ބައިވެރިން ކަނޑުފޭރޭ ޔަހޫދީ ސިފައިން ވަގަށްނަގަނީ

މެޑްލީން އިން ދަތުރުކުރި ބައިވެރިންނަށް ވާނީ ކިހިނެތް! އެމީހުން މިހާރުތިބީ ކޮންތާކު!

1 month ago - 22:58
Jun 9, 2025 - 23:00

އިޒްރާއިލްއިން ޣައްޒާގައި ޤާއިމްކޮށްފައިވާ 'ބްލޮކޭޑް ފުނޑާލުމަށް' އiންސާނީ އެހީއާއެކު ދަތުރުކުރި ބޯޓް 'މެޑްލީން' ޣައްޒާގެ އައްސޭރިއާ 100 މޭލު ކައިރިން  އިޒްރާއިލްގެ ޔަހޫދީ ސިފައިން އަރާ ވަނީ އޭގައި ތިބި 12 ވޮލަންޓިއަރުން ހައްޔަރުކޮށްފައެވެ. 

ހޯމަ ދުވަހު ހެެެނދުނު އިޒްރާއިލްގެ ސިފައިން މެޑްލީން އަށް އަރައިގަތީ ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދުގެ ތެރެއިންނެވެ. ކުރިންވެސް ފްރީޑަމް ފްލޮޓީލާ ކޯލިޝަން (އެފްއެފްސީ) އިން ޣައްޒާގެ ބްލޮކޭޑް ފުނޑާލުމަށް މަސައްކަތްކުރި ފަހަރުތަކުގައި ކަންވީގޮތުން މި ފަހަރުގެ ދަތުރަށް ވަނީ ބައިނަލްއަޤުވާމީ ދުނިޔޭގެ ކަޅި ހުއްޓިފައެވެ.

ޙާއްސަގޮތެއްގައި އެ ބޯޓުން ދަތުރުކުރި ސްވިޑެންގެ މަޝްހޫރު ތިމާވެށި އެކްޓިވިސްޓް ގްރޭޓާ ތަމްބާގް އާއި ފްރާންސްގެ ޤާނޫނުހަދާ މަޖިލީހުގެ މެމްބަރު ރިމާ ޙަސަން ބޯޓުގެ ކްރޫންގެ ގޮތުގައި މިމަހު 1 ގައި ސިސިލީގެ ކެޓާނިއާ ބަނދަރުން ފުރި ހިސާބުންފެށިގެން މުޅި ދުނިޔެއިން އަންނަނީ ލައިވްކޮށް ބޯޓް ޓްރެކް ކުރަމުންނެވެ.

Advertisement
Advertisement

އިންސާނީ ހައްގުތައް ދިފާއުކުރާ ތިއާގޯ އަވީލާ އާއި ޖަރުމަނުގެ ޔާސްމީން އަޗަރް ވެސް ދިޔައީ މެޑްލީން އިން ވަގުތުން ވީޑިއޯތައް މުޅި ދުނިޔެއަށް ހިއްސާކުރަމުންނެވެ. ޣައްޒާއާ 160 ނޯޓިކަލް މޭލަށް ކައިރިވީފަހުންވެސް އަވީލާ އަދި އަޗްރް ވަނީ އެމީހުންގެ ބޯމަތިން ޑްރޯން އުުދުހޭކަމާއި އިޒްރާއިލްއިން ލިބެމުން ދިޔަ އިންޒާރުތަކުގެ ވާހަކަވެސް ދުނިޔެއަށް ކިޔައިދީފައެވެ. 

އަދި ބޯޓްގައި ތިބި 7 ޤައުމުގެ ރައްޔިތުން އެމީހުންގެ ވެރިންނަށް އެމީހުން ދަތުރުކުރަމުންދިޔަ ބޯޓް ޣައްޒާއަށް ސަލާމާތްކަމާއެކު ފޯރުވުމަށް މަގުފަހިކޮށްދިނުމަށްވެސް ދިޔައީ ގޮވާލަމުންނެވެ.

ބޯޓަށް އިޒްރާއިލްގެ ޔަހޫދީ ސިފައިންއަރާ ކަނޑުފޭރޭބައެއްހެން ބައިވެރިން ވަގަށް ނަގަންފެށިއިރުވެސް ބޯޓާއި އެފްއެފްސީ އާ ހުރީ ގުޅިފައެވެ. އަދި ބައިވެރިނަށް މުޅި ދަތުރުގައިވެސް ހިތްވަރުދެމުންދިޔަ އދ ގެ ސްޕެޝަލް ރެޕަޓުއަރ އޮން ފަލަޞްޠީން, ފްރާންސެސްކާ އަލްބަނީސް އާވެސް ހުރީ ގުޅިފައެވެ. އެމީހުންނާ ގުޅުން ކެނޑުނީ އޭގެ ފަހުންނެވެ. 

ކަނޑުފޭރޭ ޔަހޫދީ ސިފައިން މެޑްލީން އަށް އަރައިގަތީ ޣައްޒާގެ ގަޑިން ގާތްގަނޑަކަށް ދަންވަރު 3 ޖަހާކަށްހާއިރުއެވެ. އޭގެ ކުރިން ޑްރޯން އިން ހުދުކުލައިގެ ފުށް ފާޑުގެ އެއްޗެހިތަކެއް ވަނީ މުޅި ބޯޓަށް މަތިން އަޅާފައެވެ. ނަމަވެސް އެއީ ކޮން ބޭނުމެއްގައި އެޅި އެއްޗެއްކަން އަދިވެސް ސާފެއް ނުވެއެވެ.

ބޯޓްގައި ތިބި 12 ފަޅުވެރިންނަށް ޔަހޫދީ ސިފައިން ފުރަތަމަވެސް އެންގީ އެމީހުންގެ ފޯނުތައް މޫދަށް އެއްލާލުމަށެވެ. އޭގެފަހުން އެމީހުންވަނީ ބައިވެރިންނަށް ފެނާއި ސޭންޑްވިޗް ބަހަން އުޅޭ ވީޑިއޯ އެއް މީސްމީޑިއާގައި އާންމުކޮށް 'ސެލްފީ ޔޮޓް'ގައި ތިބި އެންމެންގެ ހާލު ރަނގަޅުކަމަށް ބުނެފައެވެ.

އިޒްރާއިލްގެ ކަނޑުފޭރޭ ޔަހޫދީ ސިފައިން މެޑްލީން އަށް އަރައިގަތީ ޣައްޒާއާ 100 ނޯޓިކަލް މޭލް (185 ކިލޯމީޓަރު) ދުރުންނެވެ.

މިހާރު އެމީހުން ތިބީ ކޮންތާކު!

އިޒްރާއިލްގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މެޑްލީން އިން ދަތުރުކުރި 12 ބައިވެރިންވެސް ގެންދިޔައީ އެންމެ ކައިރިއަށް އޮތް އަޝްދޮދް ބަދަރަށެވެ. ނަމަވެސް އެމީހުން މިހާރު ވީ ކޮންތާކުކަމެއް ނޭނގެއެވެ. ބައެއް ހަބަރުުތައް ބުނާގޮތުން ކްރޫގެ 12 މެމްބަރުން  ގެންދިޔައީ އިޒްރާއިލްގެ ޖަލަކަށެވެ. އަދި ފަހުން އެމީހުން ޑީޕޯޓްކޮށްލާ ގޮތަށް ވަނީ ހަަމަޖެހިފައެވެ.

މީގެ ހަތަރުގަޑިއިރު ކުރިން އިޒްރާއިލްގެ ހާރިޖީ ވުޒާރާއިން ނެރުނު އެކްސްގައި ކޯށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ 'ސެލްފީ ޔޮޓުން' ދަތުރުކުރަމުންދިޔަ 'ސެލްބްރެޓީން' މިހާރު އިޒްރާއިލްއަށް ބަދަރުކުރުމަށް ދަތުރުކުރާކަމަށާއި, އިޒްރާއިލްއަށް ގެނެވުމުން އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ކުރިއަށް ދާނެކަމުގައެވެ.

ހައްޔަރަށް ދިއުމުގެ ކުރިން ބައިވެރިންވަނީ މީސްމީޑިއާގައި އެގައުމުތަކުގެ ވެރިންނަށް އެމީހުން މިނިވަންކޮށްދިނުމަށް ގޮވާލުމަށް އެދިފައެވެ.

ހަތް ގައުމެއްގެ ބައިވެރިން ދަތުރުކުރި މި ބޯޓަށް އިޒްރާއިލްއިން އަރައިގަތް ގަތުމާއި އެގައުމުތަކުގެ ރައްޔިތުން ހައްޔަރުކުރި ކުރިން ޤައުމުތަކުން ވަނީ ކުށްވެރިކޮށްފައެވެ. އެގޮތުން ސްވިޑެންގެ ހާރިޖީ ވުޒާރާއިންވަނީ ގްރޭޓާގެ މިނިވަންކަމަށް އިޒްރާއިލްގެ އިދާރާތަކާ ގުޅާފައި ވާކަމަށް ބުނެފައެވެ.

"ސްވިޑެންގެ ރައްޔިތެއް ކަމަށްވާ ގްރޭޓާ ތަމްބާގް ގެ ހަބަރެއް ވޭތޯ އަދި ހާލަތުގެ ގޮތުން ކުރަންޖެހޭ ކަންކަން މިދަނީ ކުރަމުން" ސްވިޑެންގެ ހާރިޖީ ވުޒާރާގެ ބަޔާނުގައި ބުނެފައި ވެއެވެެ.

އިޒްރާއިލްގެ މީޑިއާއަކުން ބުނި ގޮތުގައި ބޯޓަށް އިޒްރާއިލްގެ ސިފައިން އެރި މައްސަލައިގައި އެގައުމުގައި ހުންނަ އިޒްރާއިލްގެ ސަފީރު ވަނީ ސްޕެރިންގެ ހާރިޖީ ވުޒާރާއަށް ހާޒިރުކޮށްޕފައެވެ. މެޑްލީންގައި ސްޕެއިން ރައްޔިތެއް ކަމަށްވާ ސާޖިއޯ ޓޮރީބިއޯ ހުއްޓެވެ.

ތުރުކީގެ ސްއައިބް އޮރްދޫވެސް އިޒްރާއިލްއިން ވަނީ މެޑްލީން އިން ވަގަށް ނަގާފައެވެ. ތުރުކީ އިން ވަނީ މެޑްލީން ޣައްޒާގައި ބަނދަރުކުރުމަށް ހުރަސްއެިޅި އެޅުން ކުށްވެރިިކޮށްފއެވެ. އަދި އިޒްރާއިލްގެ އެ އަމަލީ "ކަނޑައެޅިގެން  ބައިނަލްއަޤުވާނީ އިންސާނީ ހައްޤުތަކާބެހޭ ޤާނޫނާ ޚިލާފްވުން" ކަމަށްވެސް ތުރުކީން ވަނީ ބުނެފައެވެ.

"ނަތަންޔާހޫގެ ސަރުކާރުގެ މި ނުބައި އަލަމު ކުށްވެރިކުރަން. މިއީ ކަނޑުމަގުގެ ސަލާމަތާއި, މިނިވަންކަމާއެކު ދަތުރުފަތުރުކުރުމަށް ބިރުދެއްކުމުގެ އަމަލެއް. އަނެއްކާވެސް އެ ސާބިތުކޮށްދިނީ އިޒްރާއިލްއަކީ ނިރުބަވެރި ބައިގަނޑެއްކަން" ތުރުކީގެ ބަޔާނުގައި ބުނެފައި ވެއެވެ.

މެޑްލީން  އިން ދަތުރުކުރި ބައިވެރިން ނިސްބަތްވާ އިތުރު ޤައުމުތައް ކަމަށްވާ ބްރެޒިލް, ނެދަލެންޑްސް, ޖަރުމަނުގެ ސަރުކާރުތަކުން އަދި އެކަމާ ގުޅިގެން ބަހެއް ބުނެފައެއް ނުވެއެވެ.

 މެޑްލީންއިން ފްރާންސްގެ 6 ވޮލަންޓައަރަކު ދަތުރުކުކުރިއެވެ. އޭގެ ތެރޭގައި ފަލަޞްޠީނު ދަރިކޮޅާށް ނިސްބަތްވާ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރަކުވެސް ހިމެނެއެވެ. ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮން  "ބޯޓުން ދަތުރުކުރި އެގައުމުގެ 6 މީހުން އަންބުރާ ފްރާންސް އަށް ފޮނުވުމަށް އެދިފައިވާ ކަމަށް" ހާރިޖީ ވުޒާރާގެ ނޫސް ކޮންފަރެންސްގައި ބުނެފައި ވެއެވެ.

"ކޮންސިއުލާ ޕރޮޓެކްޝަންގެ ދަށުން އެމީހުންނަށް ޒިޔާރަތް ކުރިމަށް އެދިފައިވާނެކަމަށް ފްރާންސްގެ މިނިސްޓަރ ފޮރ ޔޫރަޕް އެން ފޮރިން އެފެއަޒް ޖީން ނޮއެލް ބެރްޓް ވިދާޅުވެފައި ވެއެވެ. 

އިޒްރާއިލް ގެ މި 'ކަނޑުފޭރުމުގެ' އަމަލު ވިލާތުގެ އިއްތިހާދުގެ ޤާނޫނު ހަޖާ މަޖިލީހާއި, އދ އަދި އެމްނެސްޓީ އިންޓަނޭޝަނަލްއިންވެސް ވަނީ ކުށްވެރިކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow