ޣައްޒާއަށް އެހީ ހިފައިގެން 1000 މީހުންނާއެކު 9 ބަސް ހިމެނޭ ގާފިލާއެއް ޓިއުނީޝިއާއިން ފުރައިފި
ޣައްޒާއަށް ދިއުމަށް ޓިއުނީޝިއާއިން ފުރުމަށް ހަމަޖެހިފައިވާ ބަހެއް. ފޮޓޯ: ރޮއިޓާސް

ޣައްޒާއަށް އެހީ ހިފައިގެން 1000 މީހުންނާއެކު 9 ބަސް ހިމެނޭ ގާފިލާއެއް ޓިއުނީޝިއާއިން ފުރައިފި

2 months ago - 23:46
Jun 9, 2025 - 23:47

އިޒްރާއިލް އިން ޣައްޒާ ބަންދުކޮށްފައި އޮތް އޮތުމަށް ނިމުން ގެނައުމަށް 1000 މީހުންނާއެކު 9 ބަސް ހިމެނޭ ގާފިލާއެއް ހޯމަ ދުވަހު ޣައްޒާއަށް ދިއުމަށްޓަކައި ޓިއުނީޝިއާ އިން އެއްގަމު މަގުން ފުރަފިއެވެ. 

ޓިއުނީޝިއަން ކޯޑިނޭޝަން އޮން ޖޮއިންޓް އެކްޝަން ފޮރ ޕަލަސްޓައިން އިން އިންތިޒާމްކުރި މި ހަރަކާތަކީ 18 އަހަރު ވަންދެން އިޒްރާއިލް އިން އެއްގަމާއި, ކަނޑު އަދި ވައިގެ މަގުން ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް ޣައްޒާއަަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފެށި ދަތުރެކެވެ.

'ދި ސައުމަންޑް ގާފިލާ' ދެކުނު ޣައްޒާގެ ރަފަޙްއަށް ފޯރާނެކަމަށް ބެެލެވެނީ މި ހަފްތާ ނިމޭ ހިސާބުގައެވެ. މި ގާފިލާގައި އެކްޓިވިސްޓުންގެ އިތުރުން ޤާނޫނީ ވަކީލުންނާއި, ޑޮކްޓަރުން އަދި ސިއްޙީ ހިދުމަތްތެރިންވެސް ހިމެނެއެވެ.

މި ހަރަކާތް ރާވާ ފަރާތުން ބުނި ގޮތުގައި މިއީ އިންސާނީ އެހީއަށް ބައިނަލްއަޤުވާމީ ޤާނޫނުތަކާ ހިލާފަށް ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ކުރާ ކަމެއް ކަމަށާއި, 20 މަސް ވީ ޤަތުލްއާންމު ހުއްޓުވުމަށް އަރަބި ޤައުމުތަކުން އެކަށީގެންވާ މަސައްކަތެއް ނުކުުރާ ކަމުގައެވެ. 

Advertisement
Advertisement

މި ބަސްތައް ޓިއުނިޝިއާ އަދި ލީބިޔާގެ ތެރެއިން ދަތުރުކުރާނެއެވެ. މިޞްރުން ޣައްޒާގެ ރަފަޙްއަށް ދިއުމަށް ރޭވިފައި އޮތްނަމަވެސް މިޞްރުގެ ވެރިރަށް ކައިރޯއިން އަދި ދަތުރުކުރުގެ ހުއްދަ ނުލިބޭ ކަމުގައި އެ ޖަމާއަތާ ހަވާލާދީ ބީބީސީ ގައި ބުނެފައި ވެއެވެ.

އެހެންކަމުން, ދަތުރުގެ ކޯޑިނޭޓަރު ޖަވަހެރް ޝަންނާ އާ ހަވާލާ ދީ އެނޫހުގައި ބުނެފައިވަނީ ޣައްޒާއަށް ބޯޑަރު ހިއްސާކުރާކުރާ މިޞްރާހަމައަށް ދެވުމުން ކަންވާގޮތް ބަލަންތިބޭނީ ކަމުގައެވެ.

އަދި ލީބިޔާގެ ތެރެއިން ދަތުރުކުރުމުގައި މައްސަލައެއް ދިމާވާނެކަމަށް ނުބެލޭ ކަމަށާއި އެއީ ލީބިޔާއަކީ ކުރިން ފެށިގެންވެސް ފަލަޞްޠީނުގެ ޤަޒިއްޔާއަށް (ފަލަޞްޠީނުގެ މިނިވަންކަން) ތާއީދުކުރާ ޤައުމެއް ކަމަށެވެ.

މި ހަރާކާތް ފެށުނުއިރު މީގެ 9 ދުވަސްކުރިން ސިސިލީން ކަނޑުމަގުން އިންސާނީ އެހީ ހިފައިގެން ޣައްޒާއަށް  ދަތުރުކުރި ބޯޓެއް ޣައްޒާއަށް 100 ނޯޓިކަލް މޭލް ކައިރިން ވަނީ އިޒްރާއިލްއިން ހުއްޓުވައި އެއިން ދަތުރުކުރި 12 ބައިވެރިން ވަގަށް ނަގާފައެވެ.

ފްރީޑަމް ފްލޮޓީލާ ކޯލިޝަން (އެފްއެފްސީ) ގެ 'މެޑްލީން' ނަމަކަށް ކިޔާ މިބޯޓަކީވެސް ޣައްޒާ ބްލޮކޭޑް ފުނޑާލާ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރި ބޯޓެކެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow