ރައުދުގެ މައްޗަށް ދައުވާކޮށްފި
ރައުދު އަހުމަދު ޛިލާލް

ރައުދުގެ މައްޗަށް ދައުވާކޮށްފި

10 months ago - 10:00
Jun 10, 2025 - 10:01
Advertisement
Advertisement

ހައްވާ ޔުމްނު ރަޝީދު ޒަޚަމްތަކަކާއެކު ގެއެއްގެ ފުރާޅު މަތީގައި އޮއްވާ ފެނުނު މައްސަލާގައި ރައުދު އަޙްމަދު ޛިލާލްގެ މައްޗަށް ދައުވާ ކޮށްފިއެވެ. ޕީޖީ އޮފީހުން މިއަދު ވިދާޅުވީ ރައުދުގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވީ މިމަހުގެ 4 ވަނަ ދުވަހު ކަމަށެވެ.

ރައުދުގެ މައްޗަށް ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދަޢުވާއެވެ. މިކުށުގެ އަސާސީއ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށް ލުމެވެ. އެހެންކަމުން ސާބިތުވެ ހުކުމް އިއްވިޔަސް ރައުދުގެ ބަންދުގެ މުއްދަތު ވާނީ ހަމަވެފައެވެ. އެއީ ޝަރީއަތުގެ މަރުހަލާގައި އެހާ ދުވަހު ބަންދުގައި ބަހައްޓާފައިވާތީއެވެ.

ރައުދުއަށް ކުރާ ދައުވާ އަކީ ހައްޔާ ޔުމްނު ރަޝީދު ހ.ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގި ފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން (ކުޑަދޮރަކުން) ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވާތީއާއި، އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީ ކުރާ ދައުވާ އެކެވެ. މިހާދިސާ ހިނގީ އެޕްރީލް 18 ވަނަ ދުވަހުގެ 04:54 އެހައިކަށްހައިއިރު އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement