
ދީނީ ކަންކަމަށް މަގުދެއްކުމަށް ޝެއިޙް ފަރީދު އަދާކުރެއްވި ހިތްވަރުގަދަ ދައުރުގެ ހަނދާނަަށް ނިމުމެއްނެތް: ރައީސް
ފަޟީލަތުއްޝައިޙް އިބްރާހިމް ފަރީދު ދީނީ ކަންކަމަށް މަގުދެއްކުމަށް އަދާކުރެއްވި ހިއްވަރުގަދަ ދައުރުގެ ހަނދާންތަަކަށް ނިމުމެއްނެތްކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޝެއިޙް ފަރީދުގެ ކުއްލި ވަކިވުމާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ތައުޒިޔާގެ ޕޯސްޓެއްގައި ރައީސް ވިިދާޅުވީ ޝެއިޚު ފަރީދަކީ އިސްލާމް ދީނުގެ ކަންކަން އޮޅުންފިލުއްވައި, ހެޔޮކަންކަމަށް ނަސޭޙަތް ދެއްވުމުގައި ހުރިހާ ވަގުތެއް ހޭދަކުރައްވަމުން ގެންދެވި ހުލްގުހެޔޮ އަޅުވެރިއެއް ކަމަށެވެ.
"އެފަދަ ދީނީ ޚިދުމަތްތެރިއަކު ވަކިވެގެން ދިޔަ ހަބަރު އެއްސެވީ ފުންހިތާމަޔާއެކު. މަރްހޫމް ފަޟީލަތުއްޝައިޙް އިބްރާހިމް ފަރީދު އިސްލާމްދީނަށްޓަކައި ކުރެއްވި އިޙްސާންތެރި މަސައްކަތްޕުޅުތަކުގެ ދަރުމައާއި ސަވާބު އެންމެ ހެޔޮގޮތުގައި މާތް الله ދެއްވާށި" ރައީސްގެ ޕޯސްޓްގައި ވެއެވެ.
ރައީސްގެ ތައުޒިޔާގެ މެސެޖު ނިންމަވާލާފައިވަނީ ޢާއިލާއަށް ކެއްތެރިކަމަށް އެދެމުން އަދި ޝެއިޙްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުމަށް އެދި ދުއާ ކުރަމުންނެވެ.
ޝެއިޙް ފަރީދު އަވަހާރަވީ މިރޭގެ ވަގުތެއްގައި އިންސާނީ ޙިދުމަތް ފުޅާކުރުމަށް ކުރެއްވި ދަތުރެއްގެ ތެރެއިން މެލޭޝިއަށް އަށް ވަޑައިގެންތާ ކުޑައިރުކޮޅޭއްގެ ތެރޭގައި އެއަރޕޯޓްގައި ކަމަށް އާއިލާއިން މަޢުލޫމާތު ދެއްވިއެވެ.
ރިއެކްޝަންސް






