ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ކެޔޮދޫ މީހަކު ހައްޔަރުކޮށްފި

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ކެޔޮދޫ މީހަކު ހައްޔަރުކޮށްފި

1 hour ago - 16:08
Advertisement
Advertisement

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ވ. ކެޔޮދޫއިން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.


މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ވ. ކެޔޮދޫ، ސޭންޑީސައިޑް، ފައުޒާން އަހުމަދު ހުސައިން (25އ) އެވެ.


ފުލުހުން ހާމަކުރި ގޮތުގައި ފައުޒާން ހައްޔަރުކުރީ ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.


މި މަހުގެ 18 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ފައުޒާން ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.


ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މައްސަލަތައް އިތުރުވަމުންދާއިރު، މި މަހުގެ 9 ވަނަ ދުވަހުވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 8 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް ފެންމަތިވެފައިވެއެވެ. އެ މައްސަލައިގައި ދެ ބިދޭސީންނާއި ތިން ދިވެހިން ވަނީ ހައްޔަރުކޮށްފައެވެ. އެ ފަހަރު އަތުލައިގަތް 8.4 ކިލޯގެ ހަޝިޝް އޮއިލްގެ މަގުމަތީ އަގު 6 މިލިއަން ރުފިޔާއަށްވުރެ މަތިވާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ. ފައުޒާން ހައްޔަރުކުރި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement