ހުޅުމާލެ ލަކުޑި ޖެޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބި، ވަގުތީ ގޮތުން ބަންދުކޮށްފި
ހުޅުމާލޭގެ ލަކުޑި ޖެޓީއަށް ބާޖެއް ގާތްކުރަން އުޅުމުގެ ތެރޭގައި ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ޖެޓީ ވަގުތީގޮތުން ބަންދުކޮށްފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނެރުނު އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ލިބުނު ގެއްލުންތަކުގެ ސަބަބުން މިވަގުތު އެ ޖެޓީ ބޭނުންކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ. އެހެންކަމުން، ޖެޓީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުމަށާއި މަރާމާތުގެ މަސައްކަތްތައް ނިންމުމަށް މިއަދުން ފެށިގެން އެ ސަރަހައްދަށް ވަދެއުޅުމާއި އެއްވެސް ބޭނުމަކަށް ޖެޓީ ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.
މަރާމާތުގެ މަސައްކަތްތައް ނިމި، ޖެޓީ އަލުން ހުޅުވާލަންދެން އެއްވެސް ފަރާތަކުން އެތަން ބޭނުން ނުކުރުމަށް އެޗްޑީސީން ވަނީ ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.
މި ނިންމުމުގެ ސަބަބުން އާންމުންނަށާއި ވިޔަފާރިތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ ކޯޕަރޭޝަނުން މައާފަށް އެދިފައިވެއެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، އެޗްޑީސީން ވަނީ ޝުކުރު އަދާކޮށްފައެވެ.
ރިއެކްޝަންސް





