ކަނޑު ބޯޓަކުން ލ. މާމެންދޫއަށް ގެންދިޔަ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި
އަތުލައިގަތް މަސްތުވާތަކެތި / ފޮޓޯ: ފުލުހުން

ކަނޑު ބޯޓަކުން ލ. މާމެންދޫއަށް ގެންދިޔަ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި

9 months ago - 15:08
Aug 1, 2025 - 15:13
Advertisement
Advertisement

ކަނޑު ބޯޓަކުން ލ. މާމެންދޫއަށް ގެންދިޔަ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ލ. މާމެންދޫއަށް ދަތުރުކުރަމުންދިޔަ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ އިއްޔެ ހިންގި އޮޕަރޭޝަނުގައި، މާމެންދޫއަށް އެ ބޯޓު ގާތްކުރުމުން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މާމެންދޫ ފުލުހުން ގުޅިގެން ބަލައިފާސްކުރިއިރު، އެ ބޯޓުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 115 ސެލޯފިންކޮޅު ފެނިފައިވާކަމަށެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 82 ގުރާމު ހުރިކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އޮޕަރޭޝަނާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެއެވެ. ފުލުހުން ވިދާޅުވީ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement